ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހަށް ޚާއްޞަ ޖިމަކާއި، ރެސްޓޯރެންޓަކާއި، ފިހާރައެއް ހުޅުވާނެ ކަން ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިޢުލާނުކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ސޯޝަލް ކުލަބުގެ ފަރާތުން ހިންގާ މަޖިލީހުގެ ރެސްޓޯރެންޓު ހުންނާނީ މަޖިލީހުގެ އައު އިމާރާތުގެ ޓެރަހުގައި ކަމަށާއި، އަދި މަޖިލީހުގެ އައު އިމާރާތުގައި ޖިމެއްވެސް ޤާއިމުކުރާނެ ކަމަށެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު އިޢުލާނުކުރައްވާފައިވާ މަޖިލީހުގެ ފިހާރައިން މަޖިލީހުގެ ޔައުމިއްޔާތަކާއި ޤާނޫނު ފޮތްބައިވެސް ލިބެން ހުންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ސޯޝަލް ކުލަބުގައި މިވަގުތު ތިއްބަވަނީ މުވައްޒަފުންނާއި މިހާރުގެ މެންބަރުން އެކަނި ކަމަށާއި، ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކުލަބަކީ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނަށްވެސް ބައިވެރިވެވަޑައިގެންނެވޭ ކުލަބެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ، މަޖިލީހުގެ މެންބަރުންނަށާއި، މެމްބަރުންގެ ދާއިރާގެ ރައްޔިތުންނަށް، ރެސްޓޯރެންޓަށް ވަޑައިގެން ކަންކަމާ މަޝްވަރާ ކުރެއްވޭނެގޮތް ހަމަޖެހިގެންދާނެ ކަމަށާއި، އަދި އައު އިމާރާތުގައި މަޖިލީހުގެ މެންބަރުންނަށް އޮފީސްތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެއިތުރުން މުޤައްރިރުންގެ ކޮޓަރިކޮޅުތައްވެސް މިހާރު ހުރީ ތައްޔާރުވެފައި ކަމަށާއި، އެތަންތަނުގައި މަޖިލީހުގެ މުވައްޒަފުންނާއެކު ދުވަހުގެ މަސައްކަތަށް ތައްޔާރުވެވަޑައިގަތުމުގެ ފުރުޞަތު ފަހިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ފާހަގަ ކުރެވެނީ މަޖިލީހުގެ ރަސްމީ މަސައްކަތުގެ އިތުރުން މެމްބަރުންގެ އިޖްތިމާޢީ ގުޅުންތައް ރަނގަޅު ކުރެއްވުމަށްވެސް މަސައްކަތް ކުރަށްވާ މަޖިލީހުގެ ރައީސެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން