ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާނީ އެއްބުރުން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޛީރު ވިދާޅުވެއްޖެއެެވެ.

ސަރުކާރު އިއްތިހާދުގައި ހިމެނޭ ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާނުގެ މަޤާމުގައިވެސް ހުންނެވި ޢަލީ ނަޛީރު މި މޭރުމުން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ޢަދާލަތު ޕާޓީން ވަނީ ނިންމާފައެވެ.

ޢަލީ ނަޛީރު މިއަދު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ބެލިނަމަވެސް ވެސް ނަތީޖާ ބުރަވަނީ ރައީސް ޞާލިޙްގެ ކޮޅަށް ކަމަށެވެ. އެގޮތުން ޚިދުމަތުގެ މީޒާން ބުރަވަނީ ރައީސް ޞާލިޙްގެ ކޮޅަށް ކަމަށާއި، ކޮންމެ މީހަކާ އަޅާކިޔަސް ކުރިލިބެނީ ރައީސަށް ކަމަށް ޢަލީ ނަޛީރު ވިދާޅުވިއެވެ.

“އެއީ ދިވެހި ރައްޔިތުން ބަލައިގެންފައި އޮތް ޙަޤީޤަތެއް، މާތް اللهގެ ތަނަވަސް ރަޙުމަތްފުޅާއެކު އަޅުގަނޑުމެން އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުން!” ޢަލީ ނަޛީރު ވިދާޅުވެފައިވެއެވެ.



ޢަލީ ނަޛީރު މިފަދަ މޭރުމަކުން އެއްބުރުން އިންތިޚާބު ކާމިޔާބު ކުރަށްވާނެކަމަށް ވިދާޅުވެފައި ވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙާއެކު އިއްތިހާދު ވެފައިވަނީ ޢަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕާޓީތަކުން މިހާރު ގެންދަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ފޯރިއާއެކު ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް