ރާއްޖެއަށް ވަގަށް ރަންތަކެއް އެތެރެކުރި މީހަކު 120000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ރާއްޖެ އައިއިރު 2 ޕަކެޓް ރަން އެތެރެކޮށްފައިވާތީ ކަސްޓަމް ގާނޫނުގެ ދަށުން އިންޑިއާގެ ހާރިފް މެލަޑެތް އަބޫބަކުރުގެ މައްޗަށް އުފުލާފައިވާ ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.
އެ ކުށުގެ އަދަބަކީ ސިއްރުން އެތެރެ ކުރި މުދާ ދަޢުލަތަށް ނެގުމަށްފަހު ހަމަހާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ 10،000ރ. އާއި 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ހާރިފްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ދެފައިގެ ކަށިމަތީގައި ޓޭޕް އަޅައި ފޮރުވައިގެން 2،755 ގްރާމުގެ ރަން އެތެރެކޮށްފައިވާ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ހާރިފް ބުނެފައިވަނީ އޭނާ އެކަންކުރި ކަމަށް އެއްބަސްވާ ކަމަށާއި، ނަމަވެސް އޭނާ ރަން ގެނައީ އެއީ ކުށެއްކަން ނޭނގިކަމަށެވެ.
އެމައްސަލާގައި ޤާޟީ ފާއިޒް ރަޝާދު ކުރި ޙުކުމްގައިވަނީ ކަސްޓަމްސް ޤާނޫނުގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށް ހާރިފްގެ މައްޗަށް ސާބިތުވާކަމަށެވެ. އެގޮތުން އަދަބެއްގެ ގޮތުން 120،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ރަސްމީ ބަންދު ނޫން 4 ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ.
ރަންތައް ދައުލަތަށް ނަގާފައި ވަނީ ކަސްޓަމް ގާނޫނުގެ 97 ވަނަ މާއްދާގެ (ރ) އަށް ހަވާލާދިނުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު