މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރުގެ ޝައުޤުވެރިކަން ފެންނަނީ ކުޑަކޮށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ ޤާސިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރު ޒިންމާދާރުކުރުވަން ތިބި މީހުން ކަމަށެވެ. އެހެންކަމުން މެންބަރުން ދައްކަވާ ވާހަކަތައް ދައްކަވަނީ ދަޢުލަތުގެ ކަންކަން ރަނގަޅު ކުރުމުގެ ވިސްނުމުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ޑްރަގް ރިހިބިލިޓޭޝަން ދާއިރާގައި ޑަކްޓަރުންނާއި ބޭސް ނެތުމުން ފެންނަނީ އެމައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ ޝައުގުވެރިކަން ހުރި މިންވަރު ކަމަށެވެ. ހަމައެއާއެކު ޑްރަގް ހިފައިގެން އަންނަ މީހާ ޓްރާންސިޓްކޮށްގެން ސަލާމަތްވެގެން އަނެއް ދޮރޯށިން ދެވޭނަމަ ދުވަހަކުވެސް ޑްރަގް ހިފައިގެން އަންނަ މީހާ ހައްޔަރު ނުކުރެވޭނެ ކަމަށާއި އަދި އެއީ ދުނިޔޭގެ ތަހުޒީބުވެފައިވާ ޤައުމުތަކުގައި ކަންކުރާގޮތް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އެ ދާއިރާތަކުގައި ހިދުމަތްދޭނެ މުވައްޒަފުން ނެތިގެން ނުވަތަ ޑޮކްޓަރުންނާއި އެކްސްޕާޓުން ނެތިގެން ނުވަތަ ބޭސް ނެތިގެން އަދި ކޮންމެ ކަމެއް ނަމަހީވެސް ނެތިގެންދާ ދިއުން، އޭގެން މި ފެންނަނީ ކަމުގެ ޝައުގުވެރިކަން ހުރި މިންވަރު." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުވުމަށް ދައްކާ ވާހަކަތަކަކީ ޒާތީގޮތުން ދިމާކުރަން ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން އަތުލައިގަނެވޭ މަސްތުވާތަކެތި ގެއްލޭކަމަށް ބަޔަކު ތުހުމަތުކުރާނަމަ އެވާހަކަ މަޖިލީހުގައި ދެކެވޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުން ކަމަށް ދުށުމަކީ ދެރަ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.
ޤާސިމް މިއަދު ވިދާޅުވީ، ސަރުކާރުން ކަމެއް ރަނގަޅު ކުރަން ބޭނުންނަމަ ކަން ކުރާގޮތް ފެނިގެންދާކަމަށާއި، ބަޔަކަށް ވަޒީފާ ދޭންވުމުން ވަޒީފާވެސް އުތުރި އަރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު