ސަރުކާރުން ކުރާ ކަންކަމާމެދު ބަސްބުނުމަކީ ރައްޔިތުންގެ ޙައްޤެއްކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު، ސަރުކާރު ޒިންމާދާރު ކުރުވުމަށް ދައްކާ ވާހަކަތަކަކީ ޒާތީގޮތުން ދިމާކުރަން ދައްކާ ވާހަކައެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޤާސިމްގެ ވާހަކަތަކަށް ބާރުދެއްވަމުން އިބްރާ މިއަދު ވިދާޅުވީ، ކޮންމެ ސަރުކާރަކީވެސް ރައްޔިތުންގެ ވޯޓަކުން ހޮވާ، ރައްޔިތުންގެ ފައިސާއިން ހިންގާ ސަރުކާރެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރާ ނުވަތަ ނުކުރާ ކަންކަމާ ބަސްބުނުމަކީ ރައްޔިތުންގެ ޙައްޤެއް ކަމަށް އިބްރާ ވިދާޅުވިއެވެ.
"ބަސްބުނާ ކޮންމެ މީހަކާ ޒާތީގޮތުން ދިމާކުރުމަކީ ނުފޯރާކަމެވެ. ބުނާބަހުގެ ތެދުކަމެވެ." އިބްރާ ވިދާޅުވެފައިވެއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ވިދާޅުވީ، ސަރުކާރު ޒިންމާދާރުކުރުވުމަށް ވާހަކަ ދެއްކުމަކީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުން ކަމަށް ދުށުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަވަނީ ދަޢުލަތުގެ ކަންކަން ރަނގަޅު ކުރުމުގެ ވިސްނުމުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް މިމޭރުމުން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ހަނދާން ބަހައްޓާށެވެ. ކޮންމެ ސަރުކާރަކީވެސް ރައްޔިތުންގެ ވޯޓަކުން ހޮވާ، ރައްޔިތުންގެ ފައިސާއިން ހިންގާ ސަރުކާރެކެވެ. ސަރުކާރުން ކުރާ ނުވަތަ ނުކުރާ ކަންކަމާ ބަސްބުނުމަކީ ރައްޔިތުންގެ ޙައްޤެކެވެ.
— Maverick Ibra (@ibramandhu) April 3, 2023
ބަސްބުނާ ކޮންމެ މީހަކާ ޒާތީގޮތުން ދިމާކުރުމަކީ ނުފޯރާކަމެވެ. ބުނާބަހުގެ ތެދުކަމެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ވިދާޅުވީ، ސަރުކާރު ޒިންމާދާރުކުރުވުމަށް ވާހަކަ ދެއްކުމަކީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުން ކަމަށް ދުށުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަވަނީ ދަޢުލަތުގެ ކަންކަން ރަނގަޅު ކުރުމުގެ ވިސްނުމުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް މިމޭރުމުން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު