ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް 12 ފަރާތެއް ކުރިމަތިލާފައިވާ ކަމަށް ޖޭއެސްސީން ބުނެފިއެވެެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ސުންގަނޑި ހަމަވުމުގެ ކުރިން 12 ފަރާތެއް މަޤާމަށް ކުރިމަތިލާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ ބ.ހިތާދޫ ރަނައުރާގެ، އުއްމުކުލްޡޫމް އަބޫބަކުރާއި، ހދ.ނޮޅިވަރަން ހިޔާ، ލިއުޝާދު އަބްދުއްސައްތާރާއި، ގދ.ފިޔޯރީ ނާރެސް، ހައްމާދު ނަސީމް އަލީ އާއި، ސ.ފޭދޫ ހިރިލަންދޫގެ، މުހައްމަދު މިންހާޖާއި، ގދ.ފިޔޯރީ ޝާދީވިލާ، ފާތިމަތު ނަބާހާ އާއި ޏ.ފުވައްމުލައް މާލެގަން، ފެނާތުރު، އާއިޝަތު ނުޒުހާ އާއި، ހދ.ވައިކަރަދޫ މޫން ޕްލާޒާ، އާއިޝަތު ނިހާ އާއި، ގއ.ނިލަންދޫ އާކުރި، އަބްދުލްމުހުސިން އަބްދުލްހަކީމާއި، ސ.ފޭދޫ ގެދަރުގެ، ފާތިމަތު ސައީދު އާއި، ހއ.އިހަވަންދޫ ކޮށިތެރޭގެ، ހަސަން ޝަމާމް އާއި، ކ.މާލެ، ޝިފާނާވިލާ، އަހްމަދު ނައުފަލާއި ބ. ކިހާދޫ ގާރޑެނިޔާވިލާ، އަލީ ނަސީރު ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން