ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަބްދުﷲ ސައީދު އައްޔަނު ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިއަދު ބުނެފައިވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މއ.ކޮށީގެ، އަލްފާޟިލް އަބްދުﷲ ސައީދު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ސައީދަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ދަޢުލަތުގެ މާލީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަޢީދަށް ލިޔުން ހަވާލުކުރެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ޕީސީބީގެ ޤާނޫނާއި ކޯޕަރޭޓް ގަވާނަންސްއާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ކުންފުނީގެ މުހިންމު ލަނޑުދަނޑިތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ޕީސީބީން މައުލޫމާތުދެއެވެ.

އެސްޓީއޯގެ ހިންގުން ސައީދާ ޙަވާލުކޮށްފައިމިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން އަމްރު މިިދިޔަ މަހުގެ ފަހުކޮޅު ވަކިކުރެއްވުމަށް ފަހު އެވެ.

ސައީދު އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ސައީދު މީގެ ކުރިން ވަނީ ގްލޯބަލް ޓްރޭޑިންގ (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓްގެ މަގާމާއި، މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި ސީއީއޯ ކަމާއި، އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރް) ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

އޭގެ އިތުރުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓް ސެކްރެޓަރީއެއްގެ މަގާމު ވެސް ސައީދު އަދާކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން