އިންތިޚާބުގައި ވާދަކުރަށްވާ ޕީޕީއެމްގެ ކެންޑިޑޭޓު (މ) ކެމްޕޭނުގައި
އިންތިޚާބުގައި ވާދަކުރަށްވާ ޕީޕީއެމްގެ ކެންޑިޑޭޓު (މ) ކެމްޕޭނުގައި
ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރުމަށް އީސީން މިއަދު ހުޅުވާލައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 2023 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 2023 އެޕްރީލް 10 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 01:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކެންޑިޑޭޓުން ސޮއި ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ މައި އިދާރާ ޕީ.އޭ ކޮމްޕްލެކްސް ގައި ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ.

އީސީން ބުނީ، ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަށްވަނީ ޕީޕީއެމްގެ ކެންޑިޑޭޓު ޙުސައިން ރިޟާއާއި، އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ ކެނޑިޑޭޓް އަލީ އާރިފެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް