ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިމޭރުމުން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ސިޔާސީ ވަޒީފާތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އުފައްދަވާ ވަޒީފާތަކެއްކަމަށް މިއުވާން ވިދާޅުވިއެވެ.
އޭގެއިތުރުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަކިީ ރައީސަށް އޮތް ބާރެއްކަމަށް މިއުވާން ވިދާޅުވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރުމަކީ ރައީސް ކުރައްވާނެ ކަމެއްކަމަށް މިއުވާން މިއަދު ވަނީ ވިދާޅުވެފައެވެ.
މިއުވާން ވިދާޅުވީ މިސަރުކާރުން ސިވިލްސަރވިސް ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަޒީފާގެ ބިރު ދައްކައި، އެމީހުންގެ ހައްގުތަކަށް އަރައި ނުގަންނާނެ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ސިވިލްސަރވިސް މުވައްޒިފުންގެ ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާތަކުން ވަކިކުރިނަމަވެސް މިސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. ހަމައެއާއެކު މިސަރުކާރަކީ ސިވިލްސާވިސް ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުން ވަޒީފާ އަދާކުރައްވާ ރަށުން އެހެން ރަށްރަށަށް ބަދަލުކޮށް ބިރުދައްކާނެ ސަރުކާރެއްނޫން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
"މިސަރުކާރުން ވަޒީފާގެ ބިރެއް ނުދައްކާނެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތަކީ ރައީސްގެ ސިޔާސަތު ތަންފީޒު ކުރުން. އެކަން ނުކުރާނަމަ ވަޒީފާތަކުން ވަކިވާނެ." މިއުވާން ވިދާޅުވިއެވެ.
ދާދިފަހުން ސަރުކާރުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވަމުންދާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއިދު ކުރަށްވާ ގިނަ ޢަދަދެއްގެ ސިޔާސީ ބޭފުޅުން މަޤާމުތަކުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު