ރިޔާސީ އިންތިޚާބަށް އިއްތިހާދު ހެދުމަށް ޖުމްހޫރީ ޕާޓީން ދީފައިވާ ދަޢުވަތާ ގުޅިގެން އެޕާޓީއާ އިތުރަށް މަޝްވަރާ ކުރުމަށް ރައީސް މައުމޫންގެ އެމްއާރުއެމުން ނިންމައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނެފައިވަނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ދައުވަތާ ގުޅިގެން ދެ ޕާޓީން އިތުރަށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މަޝްވަރާތައް ފަށާފައި ނުވާކަމަށް އެމްއާރުއެމުން ހާމަކޮށްފައިވެއެވެ.
އެމްއާރުއެމް ހިމެނޭ ގޮތަށް ފަސް ފަރާތަކަށް ރިޔާސީ އިންތިހާބަށް އިއްތިހާދެއް އުފެއްދުމަށް ޖުމްހޫރީ ޕާޓީން ދަޢުވަތު ދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އެމްއާރުއެމް ފިޔަވައި އެއްވެސް ފަރާތަކުން ޖޭޕީ އާއެކު މަޝްވަރާކުރުމަށްވެސް ނިންމާފައެއް ނުވެއެވެ.
މީގެ ކުރިން ރައީސް މައުމޫނާއެކު ބޭއްވެވި ބައްދަލުވުމަކަށްފަހު ޖޭޕީގެ ލީޑަރ ޤާސިމް ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނަކީ ގާބިލް ބޭފުޅެއް ކަމަށެވެ.
ޖޭޕީއާއި އެމްއާރުއެމަކީ މި ސަރުކާރުގެ މިހާރުގެ އިއްތިހާދުގައި ހިމެނޭ ދެ ޕާޓީއެެވެ.

ކިޔުންތެރިންގެ ހިޔާލު