ރާޝިދުގެ މަޖިލީސް ކެމްޕޭނުގައި ރައީސް ނަޝީދު
ރާޝިދުގެ މަޖިލީސް ކެމްޕޭނުގައި ރައީސް ނަޝީދު
ޓީމުގެ ކެޕްޓަންކަން ނުލިބުމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ގޯލު ޖައްސަވަމުންދަނީ ބައިކޮޅަށްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ނުކުރަށްވައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށް ތާޢީދު ކުރެއްވުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ރާޝިދު ވިދާޅުވީ ރައީސް ނަޝީދު މިހާރު ދައްކަވަމުން ގެންދަވަނީ ޑިމޮކްރަސީ ފޮތުގެ ކޮން ޗެޕްޓަރެއްގައި އޮތް އެއްޗެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

މަޖިލީހުގެ އެންމެ ޖޫނިއަރ މެންބަރު ރާޝިދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ކެންޑިޑޭޓު ދޫކޮށްލުމަށްފަހު އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާޢީދުކޮށް ރައީސް ނަޝީދު ވަނީ ޕާޓީގެ މެމްބަރުންނަށް ފުރަގަސްދެއްވާފައި ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން މިހާރު ވަނީ އެމްޑީޕީއަށް އެންމެ ރަނގަޅު ކެޕްޓަން ކަނޑައަޅާފައިކަމަށް ރާޝިދު ވިދާޅުވިއެވެ.

“ކެޕްޓަންކަން ނުލިބޭ ކޮންމެ ފަހަރަކު ބައި ކޮޅަށް ގޯލް ޖަހަންދިނުމާއި، ޓީމް ދޫކޮށް ދިއުމާއި ނުވަތަ ބޮޑާހާކާފަ އިދިކޮޅު ޓީމަށް ބަދަލު ވުމަކީ ލީޑަރުންގެ ސިފައެއްނޫން. އެފަދަ މީހަކަށް ކެޕްޓަންކަން ލިބޭނެ ދުވަހެއް ދުވަހަކު ނާންނާނެ!” ރާޝިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.

ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން