ޖުމްހޫރީޕާޓީ އާއި ގިނައަދަދެއްގެ ބޭފުޅުން އަލަށް ގުޅިވަޑައިގެންފައިވާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމާއި ހަވާލުވެ އެބޭފުޅުންނަށް މަރުހަބާ ދެންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަދި ޓްރާންސްޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ގިނަ ޢަދަދެއްގެ ބޭފުޅުޅުން އަލަށް ގުޅިވަޑައިގެންފައިވާއިރު އެޕާޓީން ދަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ކަނޑައަޅައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްވެސް އެޕާޓީން ވަނީ ފަށާފައެވެ.
ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ޖޭޕީއަށް މެމްބަރުން އިތުރުކުރުމުގެ ޙަރަކާތުގައި މިނިސްޓަރ ނަހުލާ ބައިވެރިވެ ވަޑައިގެންފައިވާއިރު ރައީސް ޞާލިޙްގެ ވާދަވެރިންގެ ކޭމްޕްތަކުގައި މަސައްކަތް ކުރަށްވާ ސިޔާސީ ބޭފުޅުން މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ގޮވާލަމުންނެވެ.
ދާދިފަހުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި މި ސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަރަކާތްތެރިވެ ވަޑައިގަންނަވާ ފޮޓޯތަކެއްވެސް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު