ފިލިޕީންސްގައި އެކްސިޑެންޓްވި ދިވެހި ދަރިވަރު އިތުރު ފަރުވާއަށް ބެންކޮކަށް ބަދަލުކޮށްފިއެވެ.
ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ފުވައްމުލަކަށް އުފަން ލުހެއިމް މުހައްމަދު އިސްމާއީލް (21 އ) ދުއްވި ސައިކަލް އެކްސިޑެންޓްވެ އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނީ މާރޗް 31 ގައެވެ.
ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް ލުހެއިމް ބެންކޮކް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު އަދިވެސް އޭނާ އޮތީ ހޭނައްތާފައި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ ޙާލު ކުރިއަށްވުރެ ރަނގަޅުކަމަށް ޢާއިލާއާ ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
މި އެކްސިޑެންޓް ހިނގީ ލުހެއިމް ދުއްވި ސައިކަލު، ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ އަކީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެކްޓްކަން ކިޔަވަމުންދާ ދަރިވަރެކެވެ.
އެކްސިޑެންޓްގައި އަނިޔާވި ލުހެއިމްގެ ބޮލާއި ފަޔަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު