ރ. މަޑުއްވަރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ކައުންސިލްގެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕާއި ފާރާއި ދޭތެރޭގައި އަސްލަމް ފިތިގެންނެވެ. ޕިކަޕް ފަހަތަށް ޖެހި ވަގުތު އަސްލަމް ހުންނެވީ ޕިކަޕްގެ ފަހަތުގައި ކަމަށްވެއެވެ.

މި ޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރުއެވެ. ކައުންސިލްގެ ގަރާޖަށް ޕިކަޕް ވެއްދުމުގެތެރޭގައި ހިނގި މިޙާދިސާގައި އަސްލަމްގެ އެއްފައި ބުރިވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަސްލަމް ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ.

މި ޙާދިސާއާއި ގުޅިގެން ފުލުހުން ބުނީ މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު ޕިކަޕްގެ ފަހަތުގައި ހުރި މީހެއް ގައިގައި ޕިކަޕުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން