ރާއްޖެއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް މިނިސްޓްރީ އޮފް ހެލްތުން އެސްޓީއޯއާ ޙަވާލުކޮށްފިއެވެ.
މި 20 އެމްބިއުލާންސް، 90 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށް ހެލްތު މިނިސްޓްރީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި މިސަރުކާރުން އެސްޓީއޯ ޙަވާލުކޮށްގެން 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވަނީ ގެނެސްފައެވެ.
އެސްޓީއޯއިން ބުނީ، ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށްޓަކައި މިއަދުގެ ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރީހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެ ކުންފުނީގެ ބޮޑު ހިއްސާއެއް އެކުލެވޭކަމީ އެ ކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު