ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، އަހުމަދު ކްރިކު ރިޟާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިޔަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަތައް އެ ކުންފުނިތަކަށް ނާކާމިޔާބުވެއްޖެއެވެ.
ފުއްގިރި މައްސަލައާއި ގުޅިގެން ކްރިކް ރިޟާގެ މައްޗަށް ދަޢުލަތުން 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ. މި މައްސަލާގައި ކްރިކް ރިޟާގެ ފަރާތުން ޖުމުލަ 5 އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.
ކްރިކް ރިޟާ ހުށައެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ދައުވާ އުފުލުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް ހުށައެޅި ހުށައެޅުން ބޭރުކޮށްލާފައިވާތީ ހުށައަޅާ އިސްތިއުނާފީ ނުކުތާ އާއި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ އާއި އަދީބާއި ޒިޔަތު ތަހުގީގަށް ދީފައިވާ ބަޔާނުގައި ހިމެނޭ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގެ ދިފާއަށް ދޫކުރާނެ ތަނެއް ނެތްކަމަށް ދަށު ކޯޓުން ނިންމާފައިވާތީ އިސްތިއުނާފުކުރި ނުކުތާއެއްވެސް ހިމެނެއެވެ.
އެހެންނަމަވެސް އެ ހުރިހާ ނުކުތާއެއް ހައިކޯޓުން ނިންމާފައިވަނީ އޭނާއާއި ދެކޮޅަށެވެ.
ފުއްގިރި މައްސަލާގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިޔަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ ހެކި ހާމަކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުމެވެ.
އެނުކުތާއާއި ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ބަވަތުގެ މައްސަލައެއް ނޫންކަމަށެވެ. އެގޮތުންް ހީކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް ދައުލަތުގެ ނިޒާމެއްގެ އަސާސީ ސިފަތައް ދޫކޮށްލުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
އެހެންކަމުން ދަށުކޯޓުގެ ނިންމުމަކީ ޤާނޫނީ އުސޫލަކާ ޚިލާފު ނިންމުމެއްކަމަށް ބެލެވެން ނެތްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
ފުއްގިރި މައްސަލާގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށްވެސް ދަޢުލަތުންވަނީ ދަޢުވާ އުފުލާފައެވެ. އަދި އެމައްސަލައިގެ ޝަރީޢަތުގެ ކުރީގެ ބައެއް ނިންމުންތައް އެމަނިކުފާނުގެ ފަރާތުންވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު