ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި 35000 ކާށި ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ޗަމްޕާ ބްރަދަރސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކާށި ބެހުން މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ ހުރިހާ ދިވެހިންނަށް ހަދިޔާކޮށްފައިވާ ކާށި ކަމަށާއި ނަމަވެސް މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކާށިބެހުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އަންނަ ބުދަ ދުވަހުން ފެށިގެން، އައިޑީ ކާޑު ހިފައިގެން ދާ ކޮންމެ ދިވެއްސަކަށް ވެސް ކާށި ދޫކުރާނެ ކަމަށެވެ.
ކާށި ބެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.
ރޯދަ މަހާ ދިމާކޮށް ކާށީގެ އަގު ވަރަށް ބޮޑުވެފައި ވަނިކޮށް އެސްޓީއޯއިން ވަނީ ކާށި އިމްޕޯޓްކޮށްފައެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ވަނީ 35000 ކާށި ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު