އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ގ. އީކުއޭޓާ އަލީ އަމްޖަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އޭނާގެ މަސްލަޙަތެއް ނެތުމުން އެމައްސަލަ ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އަލީ އަމްޖަދުގެ މައްސަލާގައި އެދިފައިވަނީ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރަން އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ނެތް ކަމަށާއި އަލީ އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ވަނީ ކޯޓުގައި ބުނެފައެވެ.
އެމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޤާޟީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު ވިދާޅުވީ އިލެކްޝަންސްގެ ދަފްތަރުގައި ޢަލީ އަމްޖަދު އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެމްޑީޕީގެ އަމިއްލަ ދަފްތަރުގައި އޭނާގެ ނަން އޮތުމުން އިދާރީ އުނިކަން ފިލުވައި އިލެކްޝަނުން އެކަން އަންގާފައިވާކަން ޤާޟީ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދައުވާކުރި އަލީ އަމްޖަދަކީ އެމްޑީޕީގެ މެންބަރަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލްކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އަލީ އަމްޖަދުގެ ވަކީލު ވިދާޅުވީ އަލީ އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫންކަން ސާބިތު ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތަކުން ވެސް ސާބިތުވަނީ އޭނާއަކީ އެމްޑީޕީގެ ރަޖިސްޓްރީގައި އޮތް މެންބަރެއްކަން ކަމަށެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަނުން އިދާރީ ކުށެއް ކަމަށް ބުނެ އީސީގެ ދަފްތަރުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮތް އަލީ އަމްޖަދުގެ ނަން ޕާޓީގެ ދަފްތަރުން އުނިކުރީ ފެބްރުއަރީ 22، ގައި ކަމަށް ވަކީލް ވިދާޅުވިއެވެ. އަދި އެއީ ސިވިލް ކޯޓަށް އޭނާ މައްސަލަ ހުށަހެޅިތާ ހަތް ދުވަސް ފަހުގެ ތާރީހެއް ކަމަށް ވަކީލް ފާހަގަ ކުރެއްވިއެވެ.
މި މައްސަލާގައި އަލީ އަމްޖަދުގެ ފަރާތުން ވަކާލާތު ކުރަށްވަނީ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދާއި، ވަކީލް ނާޒިމް އަބްދުލް ސައްތާރެވެ.
އަލީ އަމްޖަދުގެ ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިގެން 39،911 މެންބަރުން ޕާޓީން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ހިލާފަށް ކަމަށް މައްސަލާގައިވެއެވެ.
އެހެންކަމުން ރިޔާސީ ޕްރައިމަރީ ބާއްވާފައިވަނީ ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް މައްސަލާގައި އެދިފައިވެއެވެ. ހަމައެއާއެކު ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރަންވެސް މައްސަލާގައި އެދިފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު 1 މުހައްމަދު ނަޝީދަށް ލިބިފައިވަނީ 15،641 ވޯޓެވެ. އަދި ކެނޑިޑޭޓް ނަމްބަރު 2 އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިފައިވަނީ 24،566 ވޯޓެވެ. އިންތިޚާބުގައި ޖުމުލަ 40،887 މީހުން ވޯޓުލާފައިވެއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ 71.47 އިންސައްތަ މެމްބަރުން ވޯޓު ލާފައިވެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއަށްފަހު ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި އޮންލައިންކޮށް 54 ޝަކުވާއެއް އަދި 10 ޝަކުވާއެއް ފޯނަށް ލިބިފައިވާކަމަށް އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީން މިހާރުވަނީ ރަސްމީކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފަ އެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރި ނަމަވެސް ރައީސް ޞާލިޙަށް ތާޢީދު ކުރުމާމެދު ގޮތެއް ނިންމަވާނީ ފަހުންކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު