ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ އެމަނިކުފާނަކަށް ކާމިޔާބެއް ނުވިއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ރައީސް ޔާމިންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ނުކުތާތަކެެވެ. އެގޮތުން ދަޢުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިފައިވާއިރު އެ ހެކިތައް ބަލައިގަންނަން ނުޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމި ނުކުތާ ވަނީ އިސްތިޢުނާފް ކޮށްފައެވެ.
ހަމައެއާއެކު، ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
އެ މައްސަލާގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ހެކި ބަލައިގަތުމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއްނެތް ކަމަށެވެ. މިގޮތަށް ކަނޑައަޅާފައި ވަނީ ފަނޑިޔާރު ދީބަނާޒު ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތު ރަޢުޔުންނެވެ.
މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީޢުގެ ރަައުޔު މި މައްސަލައިގައި ތަފާތެވެ. ޝަފީޢު ވިދާޅުވީ، ހެއްކެއް ބަލައި ގަތުމަށް ނުވަތަ ނުގަތުމަށް ނިންމާނަމަ އެ ނިންމުމަކަށް ވާސިލްވި ސަބަބުތައް ތަފްސީލްކޮށް ނިންމުމުގައި ބަޔާންކުރަންވާނެ ކަމަށެވެ. ހަމައެއާއެކު ހެއްކާބެހޭ ޤާނޫނުގެ ދަށުން އަލުން ހެކި ހުށައެޅުމަށް ފުރުސަތުދޭން ޖެހޭކަމަށްވެސް ޙަސަން ޝަފީޢުގެ ރަޢުޔުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު