ދަޢުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމައްސަލާގައި ރައީސް ޔާމީނުގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއަކީ އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރި ޙުކުމުގައި ފައިސާ ހޯދުމުގެ އަމުރު ހިމަނާފައި ނުވުމެވެ. ދައުލަތަށް މުދަލާއި ފައިސާ ނަގަން ކުރާ އަމުރު މައުޟޫއީ މައްސަލައިގައި ހުކުމުގައި ހިމަނަން ޖެހޭނެ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
މި މައްސަލާގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އިއްވި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓަށް ހުށަހެޅި މައްސަލައިގައި ފައިސާ ނަގައިދިނުމަށް އެދިފައި ވަނިކޮށް، އެކަމަށް ރިޢާޔަތް ކުރުމެއް ނެތި ހުކުމް ކުރުމަށްފަހު، އޭގެ 41 ދުވަސް ފަހުން ހަމަ އެ ކޯޓަށް އެ މައްސަލައާ ގުޅޭ އަމުރެއް ނެރެދިނުމަށް އެދެވޭނެ ޤާނޫނީ ހުއްޖަތެއް ޕީޖީއަށް ދެއްކިފައިނުވާ ކަމަށާއި، އަދި އެފަދަ އަމުރެއް ނެރުމުގެ ބާރުވެސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
އަދި އެއީ ނެޗުރަލް ޖަސްޓިސްގެ ހަމަތަކަށް ބަލާއިރުވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވެއެވެ. ހައިކޯޓުން ބުނެފައިވަނީ ކޯޓަކުން ނިންމާ ނިންމުމަކީ އެންމެ ފައިނަލް ނިންމުން ކަމަށާއި އެއީ އެ މަރުޙަލާގެ އެންމެ ފަހުގެ ނިންމުން ކަމަށެވެ. އަދި ނިންމުމެއް ނިންމުމަށްފަހު ޢިމްލާކުށެއް އިސްލާޙުކުރުމަށް ނޫންގޮތަށް ޙުކުމަށް ބަދަލުނުގެނެވޭނެ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި މައްސަލާގައި ދައުލަތުންވަނީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަސައްކަތްކޮށްފައި ކަމަށާއި ކްރިމިނަލް ކޯޓުންވެސް މިމައްސަލާގައި އަމަލު ކޮށްފައިވަނީ ތަފާތުކޮށްކަމަށް ހައިކޯޓުގެ ޙުކުމުގައިވެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލު އަމުރެއްގެ ގޮތުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.
ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
އާރަށުގެ މައްސަލަ ކޯޓަށް ހުށަހެޅިއިރު ދައުލަތުން އެދިފައިވަނީ ރައީސް ޔާމީން ލޯންޑާކުރިކަމަށް ސާބިތުވާ އެއް މިލިއަން ޑޮލަރާއި، އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ.
މި މައްސަލާގައި ރައީސް ޔާމީން 53 މިލިއަން ރުފިޔާ ދަޢުލަތަށް ދެއްކުމަށް އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކޮށްފައިވާ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި ރައީސް ޔާމީން 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޯޓުންވަނީ ޙުކުމް ކޮށްފައެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ.
މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުންވަނީ ޖޫރިމަނާކޮށްފައެވެ. އެހެންނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު