އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ޖަމާއަތެއް ހަދައިގެން އުޅޭ ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ގޮވާލަށްވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފެއްދީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދެވެ. އެގޮތަށް ކަންތައްތައް ކުރެއްވީ ރިޔާސީ ޕްރައިމަރީން އެމަނިކުފާނު ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހުނު ހިސާބުންނެވެ. އޭގެފަހުން އެމަނިކުފާނު އެމްޑީޕީގެ ހަރަކާތަކުން ފެނިފައެއް ނުވެއެވެ. އަދި ބޮޑަށް ފެންނަނީ ޖުމްހޫރީ ޕާޓީއާއެކު އެކި މަޝްވަރާތަކުގައި އުޅުއްވާ މަންޒަރެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ވިދާޅުވީ ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ ތެރޭގައި ޤަވާއިދާއި ހިލާފަށް އުފައްދާފައިވާ ހަރަކާތެއްކަމަށާއި، އެކަމުގައި އުޅުއްވާ ބޭފުޅުން އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި މިހާރު ބައިވެރިނުވާކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ އެ ބޭފުުޅުން އެމްޑީޕީގެ އަސާސްތައް ޤަބޫލު ނުކުރާކަން ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި ފެކްޝަން ހަދައިގެން އުޅޭ ފަރާތްތަކުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިގެން ކުރިއަށް ވަޑައިގަތުން ރަނގަޅުވާނެކަމަށެވެ.



ރައީސް ނަޝީދު ވަކިން ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވަމުންދާއިރު، އެމަނިކުފާނު ވަނީ ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަން އިއުލާންކުރަށްވާފައެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށް ތާއީދުކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ދަނީ ބާއްވަމުންނެވެ. ނަމަވެސް އެކަމުގައި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް