މިނިސްޓަރ ނަހުލާގެ އިސްނެންގެވުމާއެކު ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ ކަނބަލުން އަނެއްކާވެސް ގުޅިއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ޖޭޕީން ތައްޔާރުވަމުންދާއިރު، ގިނަ ޢަދަދެއްގެ ކަނބަލުންދަނީ އެޕާޓީއާ ގުޅެމުންނެވެ.

ޖުމްހޫރީ ޕާޓީގެ އަންހެންގެ ލީގުން މ. ކުނޫޒުގައި ރޭ ބޭއްވި ޙަފްލާއެއްގައި، އެ ޕާޓީއާ އަލަށް ގުޅުނު ކަނބަލުންގެ ފޯމުތަކާއި ހަވާލުވެވަޑައިގެންނެވީ، ޕާޓީގެ ނައިބް ލީޑަރު އަދި ޓްރާސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ. މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޒުވާން ކަނބަލުން ވަނީ ޖޭޕީއާއި ގުޅިފައެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ނިންމައި ކެމްޕެއިންގެ ހަރަކާތްތައް ފަށާފައިވާއިރު، އެންމެ އިސްކަމެއް ދީގެން އެޕާޓީން ކުރިއަށް ގެންދަނީ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތަކާއި، އަތޮޅު ތެރޭގެ ރަށްތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރު ކުރުމުގެ މަސައްކަތެވެ.

އެގޮތުން ޖޭޕީން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ 87 އިދާރީ ދާއިރާއަށް ރައީސުން އިންތިޚާބު ކުރުމަށެވެ. އަދި އެމަޤާމަށް ކުރިމަތިލުމަށްޓަކައި 50 މީހުންގެ ސޮއިވެސް ހުށައަޅަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް