ބަޔަކުމީހުން އުޅެނީ ފެނަކަ ހަލާކު ކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ފެނަކައިން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ކުންފުނިތައް ބަނގުރޫޓުވާ ޙާލަތަށް ގޮސްފައިވާ ކަމަށާއި އެގޮތުން ފެނަކައިން ދަރާފައިވާ ޢަދަދު 2.8 ބިލިއަނަށް އަރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ހުށައަޅާފައިވެއެވެ.

ފެނަކައަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މެންބަރު ޝަރީފް ވިދާޅުވީ ފެނަކައިން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދޭތީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ އެކުންފުނި ހަލާކުކޮށްލުމަށް ކަމަށެވެ. އެގޮތުން ފެނަކައަކީ ވިޔަފާރި އުސޫލުން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި އެހެންކަމުން ދައްކަން ޖެހޭބިލްތައް ހުންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވިޔަފާރި އުސޫލުން އަބަދުވެސް މަސައްކަތް ކުރާނެ ކުންފުންޏެއްވިއްޔާ. ދައްކަން ކިތަންމެ ބިލެއްވެސް ހުންނާނެ ދައްކަމުންވެސް ދާނެ. އެއީ އެކަން ހިނގާ ގޮތަކީ." ޝަރީފް ވިދާޅުވިއެވެ.

ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް ފައިސާ ނުލިބޭކަމަށްބުނެ، އެފައިސާ ހޯދަން ފެނަކަ ކުރިމަތީގައި އިއްޔެ ބަޔަކު މީހުން ވަނީ މުޒާހަރާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް