އެފްކޮންސް ވިއްކާލިޔަސް ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫޢެއް ނުހުއްޓޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުނި ވިއްކާލަން މަސައްކަތްކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އެފްކޮންސް ވިއްކައިލިޔަސް ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއަކަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އެފްކޮންސް އަކީ އޭގެ ޒާތުގައި ފައިދާވާ އެއް ބިލިއަން ޑޮލަރުގެ ކުންފުންޏެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން އެފްކޮންސްގެ ވާހަކަ ދައްކަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ސަރުކާރުގެ އިތުބާރު ގެއްލުވާލުމަށް ކަމަށް ޝަރީފް ތުހުމަތުކުރެއްވިއެވެ.
ހަމައެއާއެކު ރާއްޖޭގައި އެފްކޮންސް އިން ހިންގާ ހުރިހާ މަޝްރޫއުތަކަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތައް ކަމަށާއި، އެއިން އެއްވެސް މަޝްރޫއެއް ހިންގައި ފުރިހަމަ ނުވަނީސް ސަރުކާރުން އެފްކޮންސް އަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"އެފްކޮން ބަނގުރޫޓެއް ނުވޭ. އެކުންފުނިން ކުރާ ހުރިހާ މަސައްކަތެއް ކޮށް ނިންމާނެ." ޝަރީފް ވިދާޅުވިއެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެވެ. ހަބަރުތައް ބުނާގޮތުން މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކެއް ހައްލުކުރުމަށްޓަކައި އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާއި، އަދި އެހެން ބައެއް އެސެޓްތައް ވިއްކާުލުމަށް ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އެކަމުގައި އަދި ވަކިގޮތެއް ނުނިންމައެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ފަދަ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ.
ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ހަވާލުކޮށްފައި އޮތް އެފްކޮންސް ކުންފުންޏާއި އެހެން ބައެއް އެސެޓްތައް ވިއްކާލައިގެން ބިލިއަނަރު ޝަޕޫރު މިސްޓްރީއަށް 2 ބިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު