ރައީސް ޔާމީންގެ ސަރުކާރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް 2017 ވަނަ އަހަރު ހަވާލުކުރި އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދިންކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައި ބުނެފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ސްޕަރ ސްޕެޝަލިޓީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކުރީ 20 ޖޫން 2017 ގައެވެ. އެން.އައި.އައި.އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ.
ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުންނާއި، އެންއައިއައިގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތަކެއް ހައްލު ނުވުމުގެ ސަބަބުން 2017 ޑިސެމްބަރު މަހުގެ ތެރޭގައި އެ ހޮސްޕިޓަލް ހިންގުން އަލުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އަދި އެ އެއްބަސްވުން ބާޠިލްކުރިއެވެ.
އޮޑިޓް އޮފީހުން ނެރުނު އެސެސްމަންޓް ރިޕޯޓްގައި ބުނެފައިވަނީ ސެޓެލްމެންޓް އެއްބަސްވުމުގެ ދަށުން 29 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެންއައިއައިއަށް ދެއްކި ނަމަވެސް، އެން.އައި.އައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި ދުވަސްވަރު އެ ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި، ޚިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އިތުރު 157 ބިލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅާފައިވެއެވެ.
މި ބިލްތަކުގެ ޖުމުލަ އަގަކީ 1،914،292 ރުފިޔާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެ 157 ބިލުގެ ތެރެއިން 127 ބިލުގައިވާ 1،778،858 ރުފިޔާގެ މުދަލާއި ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބުނުކަން ލިޔެކިއުމުން އެނގެންހުރިކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ހެލްތު މިނިސްޓްރީ އާއި އެންއައިއައި އާއި ދެމެދު ސޮއިކުރި ސެޓްލްމެންޓް އެގްރިމެންޓްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް ނުދައްކާ ހުރި ފައިސާ އާއި މެދު ހަދާނެ ގޮތެއް ބަޔާންކޮށްފައި ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ އެކު ސޮއިކުރި އެއްބަސްވުން އުވާލާފައިވާތީ މިސަރުކާރުން އެ ކުންފުންޏާއެކު ހެދި ސެޓެލްމެންޓް އެއްބަސްވުމުގެ ދަށުން އާސަންދައިން އެންއައިއައިއަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާއިރު، އިތުރު އިކުއިޕްމެންޓްތަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައެވެ.
މީގެ އިތުރުން، އެންއައިއައި އިން ހޮސްޕިޓަލް ހިންގި މުއްދަތުގައި މެޑިކަލް ކޮންސިއުމަބަލްސް އާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުތަކަށް އެ ކުންފުނިން ދެއްކި ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް މިނިސްޓްރީ އޮފް ހެލްތުން ވަނީ އެންއައިއައިއަށް ދައްކާފައެވެ. މި ހުރިހާ ޚަރަދެއްގެ ޖުމްލަ 29 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ.
މިނިސްޓްރީން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި މި ހުރިހާ ފައިސާތައް އެންއައިއައިއަށް ދައްކައިފައެވެ.

ކިޔުންތެރިންގެ ހިޔާލު