އެމްޑީޕީ ސަލާމަތްކުރަން ކުރަންޖެހޭ ފުރަތަމަ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ފުނޑާލަން ޕާޓީތެރެއިން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝާޒާ ދެކޮޅަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކުރަށްވާ މަސައްކަތް ނާކާމިޔާބު ކޮށްލަށްވާނެ ކަމަށެވެ.
އޭގެ އިތުރުން އިހުތިރާމް ކުރުމުގެ ގޮތުންވެސް ބެލޭނީ ވަކި ހިސާބަކަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒުގެ ވާހަކަފުޅަށް ތާޢީދުކުރަށްވަމުން ޝަރީފު ވިދާޅުވީ އެމްޑީޕީ ސަލާމަތްކުރުމަށް އަޅުއްވަންޖެހޭ އަދި އަޅުއްވާނެ ފުރަތަމަ ފިޔަވަޅަކީވެސް މަޖިލީހުގެ ރިޔާސަތު ބަދަލުކުރުން ކަމަށެވެ.
ޝަރީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބޭނުންކުރައްވަނީ ސަރުކާރަށް ޖެއްސުންކުރެއްވުމަށް ކަމަށެވެ. އަދި މަޖިލީހުގައި މިހާރު އެއްވެސް ހަމައެއްލަމައެއް ނެތްކަމަށާއި، ކުރަށްވާކަމަކީ އެކި ނަންނަމުގައި ޤަރާރު ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ބޭކާރުކުރުންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ހަމައެއާއެކު މަޖިލީހުގެ ރިޔާސަތުން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ވަގުތު ހަނިކޮށްފައިވާ ކަމަށާއި ސަރުކާރަށް ހެެއްދެވިހާ އެއްޗެއް ގޮވަން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެފަދަ ކަންތައްތަކަށް ސަރުކާރަށް ވަފާތެރި މެންބަރުން ކެތްކުރަށްވަނީ ރައީސް ޞާލިޙް އެގޮތަށް އިރުޝާދުދެއްވާތީ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތު ބަދަލުކުރަށްވާނެ ކަމަށް ޝަރީފް ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު