އިންތިޚާބުތަކުގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލޭފަދަ ވާހަކަ ދެއްކުން ހުއްޓާލަންޖެހޭ ކަމަށް ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިމޭރުމުން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމުގެ ވަގުތު އިތުރުކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އިންތިޚާބުގައި ނާކާމިޔާބުވި ޕީޕީއެމާއި އެމްއެންޕީން ބުނުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އިބްރާ ވިދާޅުވީ މިހާރު ޢަމަލު ކުރަމުންދާ އިންތިޚާބާ ބެހޭ ޤާނޫނުތަކާއި ޤަވައިދުތަކުން، ވޯޓްގައި އޮޅުވާލުމެއް، މަކަރެއް ހަދައިފިނަ ހޯދޭނެ މަގު ފަހިކޮށްފައި އެބައޮތް ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ހެއްކެއްނެތި އިންތިޚާބުތަކުގެ އިތުބާރު ގެއްލޭފަދަ ވާހަކަތައް ނުދެއްކެވުމަށް އިބްރާ އެދިލައްވާފައިވެއެވެ.
“ ހެކި ނެތި، އިންތިޚާބުތަކުގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލޭފަދަ ވާހަކަ ދެއްކުމަކީ ވަރަށް ދެރަކަމެއް. ކޮންމެސް އެކަކު ހޮވޭނީ.” އިބްރާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފައިވަނީ ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީއަށް އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވާތީ އެކަން ފޫބެއްދުމަކަށް ކަމަށް އިދިކޮޅު ޕީޕީއެމް- ޕީއެންސީން ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ މީގެ ކުރިން ބާއްވާފައިވާ ބައި އިލެކްޝަންތަކާއި ހިލާފަށް މިފަހަރު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެެ.
އެގޮތުން ވިލިމާލޭ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދިޔައިރު، ކަނޑުގަދަވެ، ވިއްސާރަވެގެން ވަގުތު އިތުރު ކޮށްދިނުމަށް ކޮމިޝަންގައި އެދުމުން އެއީ ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށް ބުނެ އެފަހަރު ވަގުތު އިތުރުކޮށް ދީފައިނުވާކަން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އިއްޔެގެ ބައި އިލެކްޝަން ބޮޑު ތަފާތަކުން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒެވެ.

ކިޔުންތެރިންގެ ހިޔާލު