އިންތިޚާބުތައް ކާމިޔާބުވަނީ ވަކި މީހެއްގެ ފޮޓޯ ޖަހައިގެން ކެމްޕެއިން ކުރުމުން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ އިންތިޚާބުތައް ކާމިޔާބު ކުރެވެނީ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓް ރައްޔިތުން ބަލައިގަންނަ މިންވަރަކުން ކަމަށެވެ. އަދި ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ އިންތިޚާބު ކާމިޔާބުވަނީ ކުރީގެ ރައީސް ނަޝީދުގެ ފޮޓޯ ޖަހައިގެން ނޫން ކަމަށެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދުކުރެއްވިކަން ފާހަގަކުރައްވާ ރޮޒައިނާ ވަނީ ފާޑުވިދާޅުވެފައެވެ.
"އިންތިޚާބްތައް ކާމިޔާބުވަނީ ވަކި މީހެއްގެ ފޮޓޯ ޖަހައިގެނެއްނޫން. ރައްޔިތުން ކެނޑިޑޭޓް ބަލައިގަންނަ މިންވަރަކުން. އަންނިގެ ފޮޓޯ ޖަހައިގެންނޫނީ އިންތިޚާބް ކާމިޔާބުނުވާނެކަމަށް ދެކެނީ ކަލްޓް ފިކުރުމީހުން. ގުރައިދޫ ގޮނޑިނެގީ އަންނި ޕީޕީއެމް ކެނޑިޑޭޓަށް ތާއީދުކޮއްގެން ހުއްޓަ! ދެން؟" ރޮޒައިނާ ވިދާޅުވިއެވެ.
މިފަހުން ރޮޒައިނާ ވަނީ ގިނަ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒުކުރައްވާފައެވެ. އެގޮތުން އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް މި ބަދަލުވީ އަދި ކިރިޔާ ކަމަށާއި ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިސްފައިވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އިންތިޚާބްތައް ކާމިޔާބުވަނީ ވަކި މީހެއްގެ ފޮޓޯ ޖަހައިގެނެއްނޫން. ރައްޔިތުން ކެނޑިޑޭޓް ބަލައިގަންނަ މިންވަރަކުން.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 17, 2023
އަންނިގެ ފޮޓޯ ޖަހައިގެންނޫނީ އިންތިޚާބް ކާމިޔާބުނުވާނެކަމަށް ދެކެނީ ކަލްޓް ފިކުރުމީހުން.
ގުރައިދޫ ގޮނޑިނެގީ އަންނި ޕީޕީއެމް ކެނޑިޑޭޓަށް ތާއީދުކޮއްގެން ހުއްޓަ! ދެން؟
މިފަހުން ރޮޒައިނާ ވަނީ ގިނަ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒުކުރައްވާފައެވެ. އެގޮތުން އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް މި ބަދަލުވީ އަދި ކިރިޔާ ކަމަށާއި ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިސްފައިވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު