ކުރީގެ ރައީސް އިބްރާހިމް ނާސިރާއި، ކުރީގެ ރައީސް މައުމޫނުގެ ޚާރިޖީ ސިޔާސަތު މިޒަމާނަށް ނުފެތޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ގެންގުޅުއްވާނީ ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނާސިރުގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.
ޤާސިމްގެ ޚާރިޖީ ސިޔާސަތަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ރައީސް މައުމޫނާއި ރައީސް ނާސިރުގެ ޚާރިޖީ ސިޔާސަތުތައް އެ ޒަމާނަށް ކަމުދިޔަނަމަވެސް މިޒަމާނަށް އެސިޔާސަތު ކަމުނުދާކަމަށެވެ. އަދި މިހާރު ބޭނުންކުރަން ޖެހޭނީ މިޒަމާނަށް ފެތޭ ޚާރިޖީ ސިޔާސަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެފަދަ ސިޔާސަތެއް ބިނާވެފައިވާންޖެހެނީ ރާއްޖޭގެ އިގްތިސާދާއި، ޤައުމުގެ މަސްލަހަތާއި، މިނިވަންކަމާއި، ސަރަހައްދީ އިޚްތިޞާސްގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތަށް ތަޢުރީފު ކުރަށްވަމުން ޝަރީފް ވިދާޅުވީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން މުޅި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަމަށް އެކަމުގެ ފައިދާ ލިބެމުންދާ ކަމަށެވެ. ހަމައެއާއެކު ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް އޮންނަ ޤަދަރާއި އިޙްތިރާމް އެތައް ރޮނގަކުން އިތުރުވެފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ސިޔާސީ ކޯޅުންތަކުގައި ޚާރިޖީ ސިޔާސަތަށް ފާޑުކިޔާނަމަ އެކަމުގެ ނޭދެވޭ އަސަރު ޚާރިޖީ ދާއިރާއިން ރާއްޖެއަށް ފޯރާނެކަން ކައިރި މާޒީގައި ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.

Nasir n MAG foriegn policy may be ideal for their era.However we must follow an ideal foreign policy that is more suitable for present day a age. It must focus on protecting our economy,our country’s national interest,sovereignty,territorial integrity n security @qasimibrahim
— Ibrahim Shareef (@AdduShareef) April 18, 2023
ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތަށް ތަޢުރީފު ކުރަށްވަމުން ޝަރީފް ވިދާޅުވީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން މުޅި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަމަށް އެކަމުގެ ފައިދާ ލިބެމުންދާ ކަމަށެވެ. ހަމައެއާއެކު ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް އޮންނަ ޤަދަރާއި އިޙްތިރާމް އެތައް ރޮނގަކުން އިތުރުވެފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ސިޔާސީ ކޯޅުންތަކުގައި ޚާރިޖީ ސިޔާސަތަށް ފާޑުކިޔާނަމަ އެކަމުގެ ނޭދެވޭ އަސަރު ޚާރިޖީ ދާއިރާއިން ރާއްޖެއަށް ފޯރާނެކަން ކައިރި މާޒީގައި ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު