އެމެރިކާ ދަތުރުފުޅަށްފަހު އުފާވެރި ދިރުމަކަށް ރައީސް ނަޝީދުގެ ފިކުރު ބަދަލުވެދާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ 20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އެމެރިކާއަށް ވަޑައިގެންނެވީ މިއޭޕްރީލްމަހުގެ 13 ވަނަ ދުވަހުއެވެ.
ސަމީރު މިއަދު ވިދާޅުވެފައިވަނީ، އެމެރިކާގެ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަތުމުގައި މަޑުކޮށްލާ މަންޒިލްތަކަށް މަޑުކޮށްލުމަށްފަހު ރާއްޖެ ވަޑައިގަންނަވާއިރު ހުންނަވާނީ ފިކުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށްވުމީ ނުހަނު ގާތްކަމެއް ކަމަށެވެ. އަދި އުފާވެރި ދިރުމަކަށް ފިކުރު ބަދަލުވުމަކީ ހެޔޮ ބަދަލެއް ކަމަށް ވެސް ވިދާޅުވިއެވެ.
ސަމީރު ކުރެއްވި މި ޓްވީޓްގައި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވަނީ ޓެގް ކުރަށްވާފައެވެ. އިމްރާން މިވަގުތު ހުންނެވީ ސަޢުދީގައެވެ.
ސަމީރު މިމޭރުމުން ވިދާޅުވެފައިވާއިރު އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދުވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓްގެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައިފައެވެ. ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓަކީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑުކިޔާ އެކައުންޓެކެވެ. އަދި އެ އެކައުންޓުން އެކި މީސްމީހުންނަށް ބޮޑެތި ތުހުމަތުވެސް ކޮށްފައި ހުރެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ ރައީސް ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުމުގެ" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.
ހަމައެއާއެކު ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ނުކުރަށްވާނެ ކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތުމުގައި މަޑުކޮށްލާ މަންޒިލް ތަކަށް މަޑުކޮށްލުމަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު ހުންނަވާނީ ފިކުރަށް ބޮޑެތި ބަދަލުތަކެއް އަހިސްކަމަށްވުމީ ނުހަނު ގާތްކަމެއް، އަދި އުފާވެރި ދިރުމަކަށް ފިކުރު ބަދަލުވުމަކީ ހެޔޮ ބަދަލެއް.@ShimranAb
— Ahmed Sameer (@meeraazu) April 18, 2023
ސަމީރު މިމޭރުމުން ވިދާޅުވެފައިވާއިރު އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދުވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓްގެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައިފައެވެ. ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓަކީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑުކިޔާ އެކައުންޓެކެވެ. އަދި އެ އެކައުންޓުން އެކި މީސްމީހުންނަށް ބޮޑެތި ތުހުމަތުވެސް ކޮށްފައި ހުރެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ ރައީސް ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުމުގެ" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.
ހަމައެއާއެކު ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ނުކުރަށްވާނެ ކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު