ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދަޢުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ ހަނިކުރުމަށް މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް މަސައްކަތް ކުރަށްވާކަމަށް ތުހުމަތު ކުރަށްވައި، މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ހުށައަޅުއްވައިފިއެވެ.
ފުލުހުންނަށް ހުށައެޅުއްވި މައްސަލާގައި އިންތި ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި، އެމަނިކުފާނަކީ ދިވެހި ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ޓެރަރިސްޓް ހަމަލާއެއްގެ ޝިކާރައެއް ކަމަށާއި، އެ މައްސަލާގައި އެމަނިކުފާނަށް މިހާތަނަށް އިންސާފު ލިބިވަޑައިގެންފައި ނުވާކަމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާގެ މައްސަލަ މޮނީޓަރ ކުރެއްވުމަށް ރައީސް ޞާލިޙް ކަނޑައަޅުއްވާފައިވާ މަންދޫބު އައްބާސް ފާއިޒުވެސް އެ މައްސަލާގައި އިންސާފަށް ވާސިލުވެފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވާކަން އިންތި ފާހަގަކުރަށްވާފައިވެއެވެ. ހަމައެއާއެކު ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ނުރައްކާ އޮތް މިންވަރު "ކްރިޓިކަލް" ލެވެލްގައި ވަނިކޮށް އެމަނިކުފާނަށް ދިން ހަމަލާއިން ރައްކާތެރިކަން ފޯރުކޮށްނުދެވުމުންކަމަށް އިންތިގެ މައްސަލާގައިވެއެވެ.
އިންތިގެ މައްސަލާގައިވަނީ، ރައީސް ނަޝީދަށް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނުން ލާޒިމުކޮށްފައިވާއިރުވެސް، ސަރުކާރާ ގާތް ގުޅުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްފަދަ ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ނަޝީދަށް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހައްދަވައި އަދި އެކަން ހުއްޓުވުމަށް ބާރުއަޅުއްވާ މޭރުމުން އެކިއެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދެވުމުން އެކަމުގައި ނުބައި ރޭވުމެއް އޮތްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އިންތި ވިދާޅުވެފައިވަނީ ސަރުކާރާ ގާތް ގުޅުން އޮންނަ އަދި ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި މި ދެންނެވި ދެ ބޭފުޅުންނަކީ ރައީސް ނަޝީދާމެދު މަތީ ދަރަޖައެއްގެ ރުޅިވެރިކަމާ ނަފްރަތު އޮންނަކަން އެނގޭގޮތަށް ބަސްތައް ރައްދުކުރައްވަމުން ގެންދަވާ ބޭފުޅުންކަމަށެވެ. އަދި އެ ދެބޭފުޅުން ހަމައެކަނި ރައީސް މުހައްމަދު ނަޝީދަށް ޓާގެޓް ކުރައްވައި ތްރެޓްގެ މިންވަރު އެންމެ މަތީ ލެވެލްގައިވާ އެފަދަ ބޭފުޅަކަށް، ގާނޫނީ ގޮތުން ލާޒިމްކުރާ ސެކިއުރިޓީ ފޯރުކޮށްދިނުމާމެދު ފާޑުވިދާޅުވެ، އެކަމަށް ދެކޮޅުހައްދަވައި ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަންޖެހޭ އިތުރު ސަބަބެއް އޮންނާނެކަމަކަށް އޭނާ ދެކެނުލައްވާކަމަށް އިންތިގެ މައްސަލާގައިވެއެވެ.
އަދި އެގޮތަށް އެދެބޭފުޅުން ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނުގެ ސެކިޔުރިޓީ ދަށްކުރެއްވުމުގެ ބޭނުންފުޅުގައި ކަމަށް ގަބޫލުކުރެވޭކަމަށާއި، އެމަގުން މަސައްކަތް ކުރައްވައި، ސެކިޔުރިޓީ ދަށްކުރުން އެބޭފުޅުންނަށް ކާމިޔާބުވެއްޖެނަމަ، ރައީސް ނަޝީދު އިތުރަށް ނުރައްކަލަކަށް ހުށަހެޅިގެންދާނެކަން އެބޭފުޅުންނަށް ޔަގީންވާތީ ކަމަށް ގަބޫލުކުރެވޭކަމަށް ފުލުހުންނަށް އިންތި ފޮނުއްވި ސިޓީގައިވެއެވެ.
އެހެންކަމުން، މިއީ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބައި ނިޔަތެއްގައި ހީލަތްތެރިކަމާއެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރަރިޒަމުގެ ކުށެއްގެ އަމަލުހިންގުމަށް ތައްޔާރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތްކަމަކަށްވާތީ، މިކަމުގެ ހަގީގަތް ބައްލަވައި ދެއްވުމަށާއި އެކަމުގައި ޖިނާއީ އަމަލެއް އެކުލެވޭނަމަ އަވަސް ފިޔަވަޅުއަޅުއްވައިދެއްވުމަށް އިންތި ވަނީ ފުލުހުންގެ ކިބައިން އެދިލައްވާފައެވެ.
އިންތި މިމައްސަލަ ފުލުހުންނަށް ހުށައަޅުއްވާފައިވާއިރު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އަނދުން ހުސެއިން ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީއަށް އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރުމަކީ ދަޢުލަތަށް އުފުލޭވަރަށްވުރެ ބޮޑު ތަކުލީފެއް ކަމަށާއި އެކަން އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު