ގިނަ އަދަދެއްގެ ބަނގުރަލާއެކު ގދ. ތިނަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ. ތިނަދޫގައި އިއްޔެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ބަނގުރަލާއެކު 33 އަހަރުގެ ދިވެހި ފިރިހެނަކު އެރަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
“މި މައްސަލައާ ގުޅިގެން އެމީހާ ބަލައިފާސްކުރިއިރު، 138 ބަނގުރާ ދަޅާއި 103 ބަނގުރާ ފުޅި ވަނީ ފެނިފައި.” ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު