ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމުގައި ސަރުކާރުގެ މަޤްސަދަކީ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުވުން ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ފީއެެއް ނަގަން މިހާރު ވަނީ ފަށާފައެވެ. ޤާނޫނަށް ގެނައި ބަދަލާއެކު ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު މިހާރުވަނީ ހަތަރު ގުނަ ބޮޑުވެފައެވެ.

ސަރުކާރުގެ ސިޔާސަތު ދިފާޢުކުރަށްވައި ނަސީމް ވިދާޅުވީ ދަޢުލަތްތަކުން ކަންކަން ހުއްޓުވުމަށް ބައިވަރު ގޮތްތައް ބޭނުންކުރާ ކަމަށެވެ. އޭގެން އެއްގޮތަކީ ޓެކްސް ބޮޑުކުރުން ކަމަށާއި އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ގޮތަކަމަށް ނުދަންނަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ސަރުކާރުގެ މަޤްސަދު ސާފުނަމަވެސް ސިޔާސީ މީހުންދަނީ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ސިޔާސީ ކުރަމުން ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައިވެސް ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމުގެ ސިޔާސަތުހެދީ ދުނިޔޭގެ އެހެން ތަންތާވެސް ޓެކްސް ސިޔާސަތު ހަދާގޮތަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

“ސިޔާސީގޮތުން އެކަން ނުބައިކޮށް އެމާނަކުރަނީ ވައްކަމަކަށް އޮޅުވާލުމަކަށް.” ނަސީމް ވިދާޅުވެފައިވެއެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމި ނަމަވެސް، ބައެއް ހާލަތްތަކުގައި އެ ފީ އިސްތިސްނާވާނެ ކަމަށް ޤާނޫނުގައި ވެއެވެ. އެގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެކަމަށް ޤާނޫނުގައިވެއެވެ.

ކޮތަޅުގެ އަގަށް ސަރުކާރުން ގެނައި ބަދަލު މުރާޖައާ ކުރުމަށް ގިނަބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެެވެ. އެކަމާގުޅިގެން ސަރުކާރުންވެސް މިހާރުވަނީ އެޤާނޫނަށް ބައެއް އިސްލާޙުތައް ގެންނާނެ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


4

ާއަހްމަދު

23-Apr-2023

ޕްލާސްޓިކް މަދުކުރާނެގޮތް ސަރުކާރަށް ހަމަ ނޭގެނީދޯ?


-1

ނަސީމް

23-Apr-2023

ދެން ކީއްވެ ތޯ ސިނގެރޭޓް އެތެރެކުރުމާއި،ބުއިމާއި،ވިއްކުން މަދު ނުކުރެވި ގެން މިއުޅެނީ! މިހާރުވެސް ދުންފަތުގެ ޤާނޫނާ ޚިލާފަށް ސިނގެރޭޓް އެވިއްކަމުން ދަނީ! މިހާރުވެސް ވިޔަފާރި ހުއްދަ ވެސް ނޯންނަ ފަރާތްތައް ވަކިންވެސް ސިނގިރޭޓު އެވިއްކަނީ! ބޮންދުންވެސް އިންތިހަޔަށް މިކަން އެބަ ކުރޭ ކޮބާ ތި ބުނާ ޙައްލު ތިދައްކާވާހަކަޔަކު އޮއްޓަރެއްނެތް!


3

ާއަބްސީ

23-Apr-2023

ޕްލާސްޓިކުހުރީހަމައެކަނިބާޒާރުންލިބެންހުރިކޮތަޅުގާތޯއެވެ



ފަހުގެ ލިޔުންތައް