ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެންޑިޑެސީއާމެދު އިލެކްޝަން ކޮމިޝަނުން ވަކިގޮތެއް ނިންމަންވެއްޖެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ އާމެދު އިލެކްޝަންސް ކޮމިޝަނުން ވީހާވެސް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ޕީޕީއެމަށްވެސް ކުރިއަށްދެވޭނީ ރައީސް ޔާމީންގެ ކެންޑިޑެސީއާމެދު އީސީން ވަކިގޮތެއް ނިންމައިގެން ކަމަށެވެ.
ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއްގެ މައްސަލަ އިސްތިއުނާފު މަރުހަލާގައި ކުރިއަށްދާނަމަ އެ ފަރާތަކަށް އިންތިޚާބުތަކަށް ކުރިމަތި ލެވޭނެތޯ ނުވަތަ ނޫންތޯ އީސީން ވީހާވެސް އަވަހަށް ނިންމަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން، އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ހުކުމް އިސްތިއުނާފުކޮށްފައިވާ ކަމަށާއި ނަމަވެސް އިސްތިއުނާފުގައި ނިހާއީ ހުކުމަކާ ހަމައަށް އަދި ނާދެވޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފު ވަނީ މި މައްސަލައިގައި ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވިދާނެ ކަމަށް އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެފައިވާކަމަށް ވިދާޅުވެފައެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމުގައި ނިންމާފައި ވީނަމަވެސް ރައީސް ޔާމީން މިހާރު ތަންފީޒު ކުރަށްވަމުން ގެންދަވާ 11 އަހަރުގެ ޖަލުހުކުމާއި އަދި މިހާރު ދައުވާ އުފުލާފައިވާ އިތުރު މައްސަލަތަކާއި ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ.
އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ވިދާޅުވެފައިވަނީ، އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮތް ކަމަށާއި، އަދި ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތުވެސް ބޮޑުކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްސަލައިގެ އިސްތިޢުނާފު މަރުޙަލާ މުޅިން ނުނިމި އޮތްނަމަ ކެންޑިޑެސީ ބަލައިގަތުމަށް ފުރުސަތު ބޮޑުވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
އެކަމަށް ބާރުދޭ ހެކިތައް ދައްކަވަމުން ފުއާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކަށްވެސް އިސްތިއުނާފްގެ މަރުޙަލާ ދިގުދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށާއި، އެ ޙުކުމް ނިހާއީ ވެފައިވާ ކަމަށެވެ. އެހެންކަމުން އެޙުކުމް މިހާރުގެ ސުޕްރީމް ކޯޓުން ބާތިލް ނުކުރާނަމަ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގާނޫނީ ލަފާ ހޯއްދަވާނެކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު