އެމްއެންޑީއެފްގެ ވެހިކަލް 21 އޭޕްރީލް ވަނަ ދުވަހުގެރޭ އަމީރު އަޙްމަދު މަގުން ދުއްވާފައިދަމުން ހަތަރު ސިގްނަލާއެކު ބަރުގޮނު އަޅަންޖެހުނީ ވެހިކަލްގައި އޮތް ކުއްޖެއްގެ ޙާލަތު ގޯސްވުމުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މާލޭގައި ހަވާ އެރުވި މަންޒަރު ބެލުމަށްފަހު ޢާއްމުން ގެއަށް ދިޔަ ވަގުތު އެމްއެންޑީއެފްގެ ވެހިކަލެއް އަމީރު އަހުމަދު މަގުގައި ބަރުގޮނު އަޅައަޅައި އޮތް ކަމަށް ބުނެ މީހަކު ވަނީ ޓުވިޓާގައި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ.
އެކަމާގުޅިގެން އެމްއެންޑީއެފުން ބުނީ އަމީރު އަޙްމަދު މަގުން ދުއްވާފައި ދަމުން ހަތަރު ސިގްނަލާއެކު ވެހިކަލް ބަރުގޮނު އަޅަންޖެހުނީ ޢާންމުންގެ ކުޑަކުއްޖަކު ހޭނެތި ކުއްލި އަވަސް ޞިއްޙީ ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް މަގުމަތި ބަލަހައްޓަމުން ދިޔަ ފުލުހުން އެދުމުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ވެހިކަލްގެ ޑްރައިވަރު ފުރަތަމަ މަސައްކަތްކުރީ ބަރުގޮނު ނާޅައި ހަތަރު ސިގްނަލް ޖައްސައިގެން ވީ އެންމެ އަވަހަށް އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް މަގުމަތީގެ ކާރޫބާރު ބޮޑުވުމުން ހަތަރު ސިގްނަލް ޖެއްސި ނަމަވެސް ކުރިއަށް ދެވޭގޮތްނުވެ، ކުއްޖާގެ ޙާލަތު އިތުރަށް ގޯސްވާތީ ބަރުގޮނު އަޅަންޖެހުނީ ކަމަށް އެމްއެންޑީއެފުން މަޢޫލޫމާތު ދީފައިވެއެވެ.
"ހަތަރު ސިގްނަލާއެކު ބަރުގޮނު ޖައްސައިގެންވެސް އޭޑީކޭ ހޮސްޕިޓަލާއި ހަމައަށް ދިއުމަށް 15 މިނެޓް ހޭދަވިކަމުގައި ހިތާމައާއެކު ފާހަގަކޮށްލަން." އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ޢާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓް މިހާރު އޭނާވަނީ ޑިލީޓް ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު