އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް ޕީޕީއެމް އޮތީ ދެފެންދޭތެރޭގައި ކަމަށާއި، ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިޙް ކާމިޔާބު ކުރަށްވާނީ ފަސޭހަކަމާއެކުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން ގެންދާ މިދަނޑިވަޅުގައި ސަޢުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ގުޅިގެން ނެރޭ ކެންޑިޑޭޓަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެއްވެސް "ތްރެޓެއް" ނޫންކަމަށެވެ.

އޭގެ އިތުރުން ރައީސް ޞާލިޙާ ކިރިޔާވެސް ވާދަކުރެވޭނީ އިދިކޮޅު ޕީޕީއެމްއަށްކަމަށް ސަޢުދުވަނީ ވިދާޅުވެފައެވެ.

"ފެންނަފެނުމަށް ރައީސް ޞާލިޙް މި އިންތިޚާބު ބޮޑުތަނުން ނަގާނެ. ޕީޕީއެމް އޮތީ ދެފެންދޭތެރޭގައި އޮޅިފައި." ސައުދު ވިދާޅުވެފައިވެއެވެ.



ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲއަކީ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ވަރަށް ބޮޑަށް ކެމްޕެއިންކޮށް، އެކަމަށް ރައްޔިތުންނަށް ބާރު އަޅުއްވާ ބޭފުޅެކެވެ.

އެގޮތުން ސައުދު ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ 4 އަހަރަކީ ދުނިޔެއަށް ދިމާވި ބަލި މަޑުކަމުން އަރައިގަނެ ޒަރޫރީ ހުރިހާ ކަމެއް ތަފާތު ކުރުމެއް ނެތި ހޯދާދިން 4 އަހަރުކަމަށެވެ. އަދި ތައުލީމީ ދާއިރާ އިތުރަށް ކުރިއަށްދިޔަ 4 އަހަރުކަމަށާއި، މި ވޭތުވެދިޔަ 4 އަހަރަކީ އިޤްތިޞާދީ އެތައް ޗެލެންޖްއަކާ އެކީވެސް ޤައުމު ބިނާކުރި 4 އަހަރުކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް