ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގެންގުޅުއްވަނީ ޤައުމާއި ރައްޔިތުން ބިނާކުރުމުގެ ވިސްނުން ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް ނިންމަވާފައިވާއިރު އެކަމާ ގުޅިގެން ސަރުކާރަށް ތާޢީދު ކުރަށްވާ ބައެއް ފަރާތްތަކުން ގެންދަވަނީ ޤާސިމްގެ އެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އަދި ޖޭޕީގެ މައްޗަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރާފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އެހެންނަމަވެސް ސަޢުދު ވިދާޅުވީ، 2023ގ3 ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ޗޮއިސް އަކަށް ހެދުމަށް އެންމެ އެކަށީގެންވަނީ އޮނަރަބަލް ޤާސިމް އިބްރާހިމް ކަމަށެވެ. އެގޮތުން ޤާސިމް އަބަދުވެސް ގެންގުޅުއްވަނީ ޤައުމާއި ރައްޔިތުން ބިނާކުރުމުގެ ވިސްނުން ކަމަށް ސަޢުދު ވިދާޅުވިއެވެ.
ސަޢުދު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ، ޤާސިމް އިބްރާހިމް އިސްލާމްދީން ހިމާޔަތްކުރަށްވާނެ ކަމަށާއި، އެމަނިކުފާނަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށެވެ. އޭގެ އިތުރުން ޤާސިމަކީ ދައުލަތުން ވައްކަމެއް ކުރަށްވާނެ ބޭފުޅެއް ނޫން ކަމަށާއި ޤާސިމްގެ ސަރުކާރެއްގައި ޤައުމުގެ އިސްތިޤްލާލަށް ގެއްލުމެއް ލިބޭނެ ފުރުޞަތު ނުދެއްވާނެ ކަމަށް ސަޢުދު ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް މަގާމުތައް ފުރަމުން ގެންދާ ފަރާތްތަކުން ވަނީ އެޕާޓީން އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ފޮނުއްވާފައިވާ ސިޓީތަކުގައި ވިދާޅުވެފައިވަނީ ކުރިއަށްއޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާތީ ޖުމުހޫރީ ޕާޓީން ވަކިވާން ނިންމީ ކަމަށެވެ.

Gaumaai rayyithun binaakurumuge visnun abadhume gengulhuvvaa faraaiy @qasimibrahim 2023 ge riyaasee choice ah hadhamaa !!!#Q2023 #Hamajehumah pic.twitter.com/vGCeZl033d
— Ahmed Saud (@ammadaysaud) April 23, 2023
ސަޢުދު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ، ޤާސިމް އިބްރާހިމް އިސްލާމްދީން ހިމާޔަތްކުރަށްވާނެ ކަމަށާއި، އެމަނިކުފާނަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށެވެ. އޭގެ އިތުރުން ޤާސިމަކީ ދައުލަތުން ވައްކަމެއް ކުރަށްވާނެ ބޭފުޅެއް ނޫން ކަމަށާއި ޤާސިމްގެ ސަރުކާރެއްގައި ޤައުމުގެ އިސްތިޤްލާލަށް ގެއްލުމެއް ލިބޭނެ ފުރުޞަތު ނުދެއްވާނެ ކަމަށް ސަޢުދު ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް މަގާމުތައް ފުރަމުން ގެންދާ ފަރާތްތަކުން ވަނީ އެޕާޓީން އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ފޮނުއްވާފައިވާ ސިޓީތަކުގައި ވިދާޅުވެފައިވަނީ ކުރިއަށްއޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާތީ ޖުމުހޫރީ ޕާޓީން ވަކިވާން ނިންމީ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު