އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އެންމެބޮޑު ކަންބޮޑުވުމަކީ ރައީސް ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢެއް ހިންގަމުން ގެންދިއުން ކަމަށެވެ. އެކަމުގެ ސަބަބުން އެބޭޅުންގެ ސިޔާސީ އުންމީދުތައް ފަނޑުވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދުވެސް މަޑުޖެހުމެއްނެތި ދަނީ ބާރަށް ކުރިއަށް ކަމަށާއި، ސަރުކާރުގެ ދުވެލި މަޑުޖެއްސުމަށް އިދިކޮޅު ފަރާތްތަކުން ކުރިމަސައްކަތްވެސް ކާމިޔާބުވެފައި ނުވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

"އެކަން ހުއްޓުވުމަށް މަޖިލީސްތެރެއިން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވޭ." ޝަރީފް ވިދާޅުވިއެވެ.



ޝަރީފް މީގެ ކުރިންވެސް ވަނީ، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ ފުރުސަތުތަކަށް މަޖިލީހުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުކުރަށްވާފައެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ބަނގުރޫޓްވެ ދިޔަ ނަމަވެސް ވަރިހަމަކޮށް އެމަގަށް މަޖިލީހުން މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތު އޮތް މިހިނގާ ރައްޔިތުންގެ މަޖިލީހުން މި ސަރުކާރަށް ދަތިކޮށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާކަމަށް ބުނެ މީގެ ކުރިންވެސް ސަރުކާރަށް ތާޢީދުކުރަށްވާ ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް