ވ. ކެޔޮދޫގެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ، ވ. ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައެއްގައި އުމުރުން 27 އަހަރުގެ ދިވެހި ޒުވާނަކު މިމަހުގެ 25 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާއިރު، ވ. ކެޔޮދޫ މިސްކިތުގަ ހުރި ޚަތިމުތަކެއް ވީދާލި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
600 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ކެޔޮދޫގެ މިސްކިތުގައި ހުރި ޚަތިމުތައް އެންމެ ފުރަތަމަ ވީދާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެފަހަރު 10 ވަރަކަށް ޚަތިމް ވީދާލިއެވެ. އޭގެފަހުން މި އޭޕްރީލްމަހުގެ 22 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި އެރަށު މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމު ވަނީ ވީދާލާފައެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައިފައިވާއިރު އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު