ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭ ގޮތަށް ހައިކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރު އިސްތިޢުނާފް ކުރުމަށް އެމްކިއުއޭ އިން ނިންމައިފިއެވެ.

"ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު"ގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހަދައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގެޒެޓް ކޮށްފައިވާ "ލާނިން އީ ފޯ ގައިޑްލައިން" އަކީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ފަހިކޮށްދޭ ހައްގުތަކާއި މިނިވަންކަމާއި ކަށަވަރުކޮށްދޭ ގާނޫނުގެ ރައްކާތެރިކަން ނިގުޅައިގަންނަ ފަދައަކުން ހަދާފައިވާ ގައިޑްލައިނެއް ކަމަށް ބުނެ މާލެ ހައި ލިމިޓެޑުން ވަނީ ހަޔަރ އެޑިއުކޭޝަންގެ މައްޗަށް ދައުވާކޮށްފައެވެ.

މާލެ ހައި ލިމިޓެޑުން ވަނީ، އެ ތަނުން ހިންގާ މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަސްގައި ފޭސް ޓު ފޭސް ލާނިން މޮޑަލިޓީގައި ޓީޗާ ޓްރެއިން ކޯސްތަކުގައި ދަރިވަރުން އެންރޯލްކޮށް ކިޔައިވިދިނުން ކުރިއަށް ގެންދިއުމަށް ހުރަސްނޭޅުމަށާއި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ހުއްދަތައް ދެމުން ގެންދިއުމަށް އެމްކިޔުއޭގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.

މި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނެރުނު ވަގުތީ އަމުރުގައި ހައިކޯޓުން ބުނެފައިވަނީ، މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ދަރިވަރުން އެންރޯލްކޮށް ކިޔަވައިދިނުމަށް ހުރަސް ނޭޅުމަށާއި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި މަންދުގެ ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކުރާ ކަމަށެވެ.

ހައިކޯޓުގެ އަމުރާ ގުޅިގެން އެމްކިއުއޭ އިން ބުނީ، މަންދުގެ ވާޗުއަލް ކެމްޕަސްއާ ގުޅޭގޮތުން ފޮނުވި ސިޓީ ފަހުން ބާތިލް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ކުރިން ފޮނުވި ސިޓީ ސައްހަ ނުވާނެތީ، އެމްކިއުއޭއިން ވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ބުނީ މައުލޫއީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނުނެރެފި ނަމަ، އީ-ލާނިން މޮޑަލިޓީގެ ދަށުން ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި އަދި މިހާރުވެސް ގިނަ ކުދިންނަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން، ހުށަހެޅިފައިވާ މައްސަލާގައި އަމުރެއް ނުނެރެފި ނަމަ އެ މައްސަލައިގެ ފައިސަލާ ކުރަނިވި ހުކުމް އަންނައިރު އެ މައްސަލައިގެ މައުލޫގައި ހިމެނޭކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ކަމަށާއި އަދި އެ އަމުރު ނެރެނުދީފި ނަމަ ދަރިވަރުންނަށާއި މަންދު ކޮލެޖަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް އަމުރުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން