ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
މިއީ ދިވެހިންގެ ޤައުމުކަމަށާއި، ދިވެހީން ރަހީނުކޮށްގެން ހިފެހެއްޓި ބަޔަކާމެދު ޤާނޫނީ ފިޔަވަޅުއަޅަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

"މުސާރަނުދީގެންވިޔަސް އެހެން ކަމަކުންވިޔަސް އިންސާނުން ރަހީނުކޮށް އަނިޔާކޮށްގެން ނުވާނެ." ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި ދިޔަމަހު ހުޅުމާލޭގައިވެސް ބަނގްލަދޭޝް މީހުންތަކެއް ފުލުހުންނަށް ހަމަލާދީފައިވާކަން ރީކޯ މޫސަ ފާހަގަ ކުރައްވާފައިވެއެވެ.

މޫސަ ވިދާޅުވީ، ބަންގްލަދޭޝް މީހުން ކަމެއްކުރާއިރު ހަމައެންމެން ބައިވެރިވާނެ ކަމަށާއި، މައްސަލަ ބަލަންފަށާ ހިސާބުން ކަންކުރީ މަދުބަޔަކަށް ހަދާފައި ގިނަމީހުން ބޯދަމައިގަންނާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން މިފަހަރު ބައްލަވަންވީ ފުރަތަމަ ބަންސްލަދޭޝް މީހުންގެ ކަންކަމުގެ ހައްލު ނޫން ކަމަށާއި، ދިވެހިންނަށް ދިން އަނިޔާ އާއި ގެއްލުން ކަމަށެވެ.



ރީކޯ އިތުރަށް ވިދާޅުވެފައި ވަނީ ބަންގްލަދޭޝް މީހުންނާއެކު މަސައްކަތްކުރާ ދިވެހިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާންޖެހޭ ކަމަށާއި، ފައިސާގެ އެކި މުއާމަލާތްތަކުގައާއި މަސައްކަތުގެ މައިދާނުގާ ތިބި ބައެއް ދިވެހިންނަށް ހަމަލާދީ ބަންގްލަދޭޝް މީހުން ދިވެހިންގެ ކަރުބުރިކޮށް ޝަހީދުކޮށްފައި އެބަހުރިކަމަށެވެ.

ހަމަ އެއާއެކު ކޮންމެ ބަންގްލަދޭޝް މީހެއްގެ އަތުގައި 2 ސިމްކާޑް އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެމީހުންނަށް ސިމްކާޑް ވިއްކަނީ ވިސާ، އޮތްކަން ކަށަވަރު ކުރުމަށް ފަހުގައި ނޫން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. މުވައްޒަފުންގެ މުސާރަ ޖަމާވާން ޖެހޭނީ ބޭންކް އެކައުންޓަށް ކަމަށާއި، އެހެން ނަމަވެސް އެއްވެސް ބޭރު މީހެއްގެ ބޭންކް އެކައުންޓެއް ނޯންނަ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ. ޤަވާއިދު ހަދާފައި އޮތަސް އެމީހުން ބޭނުން ގޮތަކަށް ޤަވާއިދު މުގުރާފައި އެމީހުންގެ އަތަށް ފައިސާދޭން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

ބިދޭސީންގެ ކަންތައްތަކުގައި ކަންބޮޑުވުން ފާޅުކުރައްވައި ޢާއްމުކޮށް ވާހަކަ ދައްކަވާ މޫސަ ވަނީ މިކަމުގައި މަޖިލީހަށްވެސް ފާޑު ވިދާޅުވެފައެވެ. މޫސަ ވިދާޅުވީ، މަޖްލީހުން ބަންގްލަދޭޝް މީހުންގެ މައްސަލަ ނޫން އެހެން ހުރިހާ ކަމަކަށް ވަގުތުން ކޮމެޓީ ބާއްވައި ސަރުކާރާދިމާކުރާ ކަމަށެވެ.



"އަޅުގަނޑު އަބަދު މިވާހަކަ ގޮވާ އިރު މަޖްލީހުން މިކަން ނުބެލޭގޮތް ހިސާބަކަށް އެބަ އޮޅުންފިލާ. 18 ވަނަ މަޖްލީހަށް އަޅުގަނޑު މިމައްސަލަ ހުށަހެޅީމަވެސް އަޅާވެސްނުލި. މިއަދުވެސްއެެހެން." މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ ދިފާޢީ ވަޒީރު މާރިޔާ އަށްވެސް ޤާނޫނު ތަންފީޒު ކުރުމަށް ގޮވާލާފައްވާފައެވެ. އަދި ރަހީނުކުރި ދިވެހިންނަށް ލިބުނު އަނިޔާއަށް ޙަމްދަރުދީ ވުމަށްވުރެ، ބަންގްލަދޭޝް މީހާގެ ދިފާޢުގައި ތެދުވާ މީހުންނަށްވެސް މޫސަ ވަނީ ފާޑުވިދާޅުވެފައެވެ. މޫސަ ވިދާޅުވީ މުސާރަ ނުލިބުނަސް، ކާން ނުލިބުނަސް ދިވެހިން ރަހީނު ނުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަސްލަމު ހަސަނު

04-Jul-2020

ތީ ހައްތާޥޭސް މީހުން މިގައުމުގަ ގިނަކުރިމީހުން,ދެން ކޮންވާހަކައެއް ތިޔަދައްކަނީއެމީހުން ގައުމމު ފުރެންދެން އަޅާފަ,ތިމާއަތުގަ ބާރު ހުންނަވަގުތު ތިކަން ނުވިސްނީކީއްވެ


-8

ހުދު ފޮށާ

04-Jul-2020

އައްޑޫގައި މިހާރުވެސް އެވަނީ އެމީހުންގެ ޖަގަހަ ހަދާ ފައްކާކޮށްފައި, އެއާރޕޯޓުން ނޭރިޖެނަމަ, ކަނޑުމަގުން އެރޭގޮަތަށް ބޮޑު ބަންކަރެއް ތައްޔާރު ކޮށް ނިމިޖެ.! އެކަމަކު އައްޑޫމީހުން އެތިބީ ހެވި ދިއްލިފަ.. އެމްޑީޕީ ކިޔާ އުފާ ފާޅުކުރުމުގައި.. ރަށާއި އަތޮޅު ވިއްކާލީ 200ޑޮލަރަށް މިސަރުކާރުން.. މިކަމާއި ކަންބޮޑުވާ ހަމަ އެކަކުވެސް އުމަރާއި މަށައި ދެމީހުން ފިޔަވައި ތިބިހެން ހީނުވޭ.. ޚާއްސަކޮށް އައްޑޫ މީހުން އަދި ޕޮލިޓިކަލް ބަޔަކުވިޔަސް މިކަން ކުށްވެރިވެސް ނުކުރޭ.. ހުއްޓުވަންވެސް ނޫޅޭ..! ދެން އެބުނާހެން މުޅިގައުމު ރަހީނުވެ.. ދިވެހީން މަރާތަން ފެންނާނީ.. ކަޝްމީރުގެ ދެވަނަ މަންޒަރު ފެންނާނީ މިދިވެހިރާޢްޖެއިން.. އަހަރުމެން ހޭނާރާފިނަމަ..!


5

ޖައުފަރު

04-Jul-2020

ވަރަށް ރަނގަޅު ވާހަކަ އެއް މޫސަ އެވިދާޅުވީ



ޓްރެންޑިން