ތ. ހިރިލަންދޫގައި އޭޕްރީލް 30 ވަނަ ދުވަހުގެރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި އެކަކުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންބުނީ މާރާމާރީގެ މިމައްސަލައާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައާއި ރަށުގެ އަމަން އަމާންކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށުގައި އުމުރުން 32 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 32 އަހަރުގެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނީ 36 އަހަރުގެ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

އެމާރާމާރީއާ ގުޅިގެން 49 އަހަރާއި 43 އަހަރުގެ ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެދެމީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން