ވެހި އޯލެވެލް ސަކްސެސް އެވޯޑް 26 ސްކޫލަކުން 37 މުދައްރިސުން ޙާސިލުކޮށްފިއެވެ.
ޢިއްޒުއްދީން ސްކޫލުގައި ރޭ ބޭއްވި ޙަފްލާގައި މިއެވޯޑުތައް ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް" އަކީ ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން އޯ ލެވެލް އިމްތިޙާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވާ، އެ ނަތީޖާ ހިފެހެއްޓެވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރައްވާ މުދައްރިސުންގެ އަގުވަޒަންކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ރޭ ރާއްޖޭގެ 26 ސްކޫލަކުން 37 މުދައްރިސުން ވަނީ މި އެވޯޑް ޙާޞިލުކުރައްވާފައެވެ. ތަޢުލީމާބެހޭ ވުޒާރާއިން ބުނީ މި އެވޯޑަކީ 3 ކެޓެގަރީއަކުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއް ކަމަށެވެ.
އެގޮތުން އޯލެވެލް އެލީޓް އެވޯޑަކީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ފަސްދޮޅަސް އިންސައްތައަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެކެވެ.
އަދި އޯލެވެލް އެޗީވްމަންޓް އެވޯޑަކީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ފަސްދޮޅަސް އިންސައްތައަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެކެވެ.
ހަމައެއާއެކު އޯލެވެލް އެކްސެލެންސް އެވޯޑަކީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 5 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ފަސްދޮޅަސް އިންސައްތައަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެކެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ ސަބަބުން މުދައްރިސުން އުނގަންނައިދިނުމުގައި ކުރިއަރައި ދިއުމަށާއި ރަނގަޅު ނަތީޖާ ހޯއްދެވުމުގައި ދެމިތިބުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. މިހާރު މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 153 ސްކޫލުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު