ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ 2 ސްކޫލެއްގެ މަސައްކަތް ނައިބްރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ހުޅުމާލެ ފުރަތަމަ ފޭސްގައި ތަރައްގީކުރަމުން އަންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އާއި ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ސަލާހުއްދީން ސްކޫލުގެ މަސައްކަތް ހިނގަމުންދާގޮތް ނައިބުރައީސް އިއްޔެ ބައްލަވާލައްވާފައިވާ ކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ ސީއެޗްއެސްސީ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެސްކޫލް ހުޅުމާލެއަށް ބަދަލު ކުރުމަށެވެ. ސީއެޗްއެސްސީގެ އައު އިމާރާތް ޢިމާރާތް ކުރަމުންދަނީ ހުޅުމާލެ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސް ފުރަގަހުގައެވެ. މިއީ 8 ފަންގިފިލާގެ އިމާރާތެކެވެ.
ސަލާޙުއްދީން ސްކޫލަކީ ހުޅުމާލޭ ފޭސް 2ގެ ހިޔާ ސަރަޙައްދުގައި އިމާރާތްކުރަމުންދާ 6 ފަންގިފިލާގެ ސްކޫލެކެވެ. މި ސްކޫލަކީ 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެއްކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު