އެމްއެންއޭސީއައިގެ ރައީސް، މުހައްމަދު އަލީ ޖަނާހް
އެމްއެންއޭސީއައިގެ ރައީސް، މުހައްމަދު އަލީ ޖަނާހް
ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި މިވަގުތަށް އެންމެ މުހިންމު ޕްރޮޖެކްޓްތައް ބަލައި އޭގެތެރެއިން ފައިސާ ދައުރު ކުރެވޭނެ ދިގު މުއްދަތަކަށް އޭގެ ފައިދާ ލިބޭނެ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ރައީސް، މުހައްމަދު އަލީ ޖަނާހް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ރައީސް މުހަންމަދު އަލީ ޖަނާހު ވިދާޅުވީ، ރާއްޖެ އަށް ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ބޮޑު އިންވެސްޓް މަންޓް އިންފްރާސްޓްރަކްޗަރ ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށެވެ. ރާއްޖެ އަކީ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ބޭރުން ފައިސާ ބޮރޯ ކުރަންޖެހޭ ގައުމަކަށްވާއިރު ޕްރައިވެޓް ސެކްޓާއާއި ސަރުކާރާ އިންޓަނޭޝަލް ޕާޓްނާސް އާއި ގުޅިގެން ބޭރުން ލޯނާއި އެހީގެ ގޮތުގައި ފައިސާ ހޯދަންޖެހިފައިވާ ކަމަށް ޖަނާހް ވިދާޅުވިއެވެ.

" ދެވަނަ ބޮޑު ހަނގުރާމައިގައި ކާ އެއްޗެހި ނުލިބި ދަތިތަކެއް ރާއްޖެއަށް ދިމާވި. ރާއްޖޭގެ އިކޮންމީ މިފަދަ ހާލަތެއް މީގެ ކުރިން ނާދޭ. މިހާލަތުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ބޮޑު ޕްލޭނެއް ހަދައިގެން ބޮޑު އިންފްރާސްޓްރަކްޗަރ އެންޑް އިންވެސްޓް މަންޓް ޕްލޭނެއް ހަދައިގެން ޕްރައިވެޓް ސެކްޓަރއާއި ސަރުކާރާއި އިންޓަނޭޝަނަލް ޕާޓްނާސް އާއި ގުޅިގެން މިއަދު ސަލާންޖަހާފައި ބޮރޯ ކުރަންވީ. އެހާލަތުން އަރައިގަތުމަށްޓަކައި ޕްރޮޖެކްޓް ތަކެއް ރާވައި ކޮން ކަންތައްތަކެއްތޯ ރާއްޖެއަށް އެންމެ މުހިންމީ ބަލާފައި އޭގެން ފައިސާ ދައުރުކުރެވޭނެ ދިގު މުއްދަތަކަށް އޭގެ ފައިދާ ކުރާނެ މަސައްކަތްތަކެއް ކުރަންޖެހޭ." ޖަނާހް ވިދާޅުވިއެވެ.

މީގެ އިތުރުން ލޯނުގެ ގޮތުގައި ރާއްޖެ އަށް ލިބޭ ފައިސާ އަކީ ދަރަނިވެރިވެގެން ނަގާ ފައިސާ ތަކެއް ކަމަށް ނުދެކުމަށާއި އެއީ މިހާލަތުން އަރައިގަތުމަށް ބޭނުންކުރާ ފައިސާ ގަބޫލުކުރުމަށް ޖަނާހް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮންމެހެން އަޅަންޖެހޭ އިމާރާތެއް އެޅުމަށް ނޫނީ ދިގު މުއްދަތަކަށް އޭގެ ފައިދާ ނުލިބޭ އެއްވެސް ކަމެއް ނުކުރުމަށާއި ފައިސާ އިސްރާފު ނުކުރުމަށް ޖަނާހް އިލްތިމާސް ކުރެއްވިއެވެ.

"އަަޅުގަނޑުމެންނަށް ބިނާ ކުރެވޭ އިމާރާތަކުން އެއްވެސް ރިޓާނެއް ނުލިބޭގޮތަށް މީހަކަށް އޭގެ ބޭނުމެއް ނުހިފި ބޭކާރު ވެގެންދާ އެއްވެސް ކަހަލަ އިމާރާތެއް މިވަގުތު ނުކުރުމަކީ އިގްތިސާދު ރަނގަޅުކުރާށޭ ޚާއްސަ ޕްރޮޖެކްޓެއް ހިންގާފައި އެ ޕްރޮޖެކްޓަކުން އެއްވެސް މަންފާއެއް ނުލިބި އެއީ ފައިސާގެގޮތުން ވިޔަސް ރައްޔިތުންނަށް އޭގެ ފަސޭހަތަކެއް ލިބުމުގެ ގޮތުން ވިޔަސް، އިންވެސްޓް ޕްރޮޖެކްޓްތަކުގައި ހުންނާނެ ފައިސާ ވަގުތުން ޖެނެރޭޓް ކުރާ ޕްރޮޖެކްޓްތަކާއި ދިގު މުއްދަތުގައި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ޕްރޮޖެކްޓްތައް، އެހެންވީމާ މި ލިންކޭޖްތައް ޖެހޭނެ ވަރަށް ބޮޑަށް ބަލަން އޭގެ ބެލެންސެއް ގެނެވިއްޖެ ނަމަ އިކޮންމީ މެނޭޖް ކުރެވޭނެ." ޖަނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން