ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލިމީހާ އެއްވެސް އެއްޗެއް ނުގެންދާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގޮޅިން ނެރެފައި ހުއްޓާ ފިލައިފައިވާ ކަމަށެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި އެ މީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ ފިލައިގެން ދިޔައިރު ޕޮލިސް ސްޓޭޝަނުން ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާކަމަށް އަޑުފެތުރިފައިވީ ނަމަވެސް އެކަމުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށެވެ.
“ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވޭ.” ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ ޚަބަރު ފެތުރުމުގައި ޢާއްމުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައްޚަނޫން މަޢުލޫމާތު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު