މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރޭ ވިދާޅުވީ އެ އޮފިސަރު ހައްޔަރުކުރީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަޙްމަދު ވިދާޅުވީ އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންނާއެކު ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެއްޗާއެކު ކަރެކްޝަންސްގެ އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮފިސަރު މިހާރު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭނާ ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާކަމަށް އަހުމަދު ވިދާޅުވި އެވެ.



މިފަދަ ކަންކަމުގައި މަދުން ނަމަވެސް ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު އޮފިސަރަކު ހައްޔަރުކޮށް، ސަސްޕެންޑުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން