ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ މިމައްސަލާގައި ކޯޓް އަމުރެއްގެ ދަށުން މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ޒަރީރަށް ހަމަލާ ދީފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެރޭ ފަތިހު 05:08 ހާއިރު އެވެ.
މާރާމާރީގައި ޒަރީރުގެ ބޯ ފަޅައިގެން ގޮސް ޒަހަމްވިއިރު، ފުލުހުން ބުނީ އޭނާއަށް ހަމަލާދިނީ ނުރައްކާތެރި ހަތިޔާރެއްކަމަށް ބެލެވޭ އެއްޗަކުން ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން ޒަރީރަށް ހޮސްޕިޓަލުގައިވަނީ ފަރުވާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު