ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓު ޓަވަރުތަކަކީ އެތައް ބައެއްގެ އުންމީދުތަކަކާ ގުޅިފައިވާ ތަނެކެވެ. އާއިލާއާއެކު ނިޔަނެތި ދިރިއުޅުމެއް ބިނާކުރުމަށް ލިބުނު އަމިއްލަ ގެދޮރެކެވެ. ނިކަން ލޯތްބާއެކު ބުރަ މަސައްކަތުން ޒިނާތްތެރިކުރުމަށް ފަހު އަމިއްލަ މުދަލުން ފުރާލި، އަމިއްލަ ބޯހިޔާވަހިކަމެކެވެ. އެހެންކަމުން އެ ދިރިއުޅުން އުފާވެރިކޮށް، އުޖާލާކުރުމަށްޓަކާ ތިމާ ދިރިއުޅޭ ހިޔާ ފްލެޓުގެ ވަށައިގެން ރައްކާތެރިކަމުގެ ފަށަލައެއް ލުމަކީ އޭގެ ފައިދާ ޔަގީނުން ވެސް ފެންނާނެ ކަމެކެވެ.

މި ދައްކަނީ އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ "އަހަރެންގެ ހިޔާ" ޕްލޭނުގެ ވާހަކައެވެ. "އަހަރެންގެ ހިޔާ"އަކީ ހިޔާ ފްލެޓުގެ އެތެރޭގައި ހުރި ހުރިހާ މުދަލެއްގެ ރައްކާތެރިކަމެވެ. އެނދާއި ގޮދަޑިއާއި ކާމޭޒާއި ކަބަޑުން ފެށިގެން ބަދިގޭގައި ގެންގުޅޭ ސާމާނާއި ޓީވީއާއި ބޮކި ފަންކަލާއި އެއާކޮންޑިޝަނާއި ކާޕެޓު ފަދަ ތަކެތި "އަހަރެންގެ ހިޔާ" ޕްލޭނުން ރައްކާތެރި ކުރެވޭނެއެވެ.

"އަހަރެންގެ ހިޔާ"ގައި ހިމެނޭ 3 ގިންތީގެ ޕްލޭންތަކުން 150,000 ރުފިޔާއިން ފެށިގެން 350,000 ރުފިޔާއާ ހަމައަށް ޖުމްލަ ކަވަރޭޖު ނުވަތަ ގެއްލުމުގެ ބަދަލު ލިބޭނެއެވެ. އެއީ ޕްލޭނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެގެން ލިބޭ ގެއްލުންތަކަށެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި ގޮވުމެއް ގޮވުމާއި ހޮނު އެޅުމާއި ދުން ފެތުރުން، ތޫފާނެއް ކުރިމަތިވެ ފެންބޮޑުވުން، ދުއްވާ އުޅަނދެއް ޖެހުން، ގަސްތުގައި ބަޔަކު ގެއްލުންދިނުން، ވައްކަން ކުރަން އުޅުމުގެ ތެރޭގައި ގެއްލުންވެފައި ހުރުން އަދި ގަހެއް ވެއްޓި ނުވަތަ ގަހެއްގެ ބައެއް ވެއްޓިގެން ކުރިމަތިވާ ގެއްލުން ފަދަ ކަންކަން ހިމެނެއެވެ.

މިފަދަ ހާލަތެއްގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކިވަކި ބާވަތުގެ މުދަލަށް ލިބޭނެ އެންމެ މަތީ އަގެއް ކަނޑައެޅިފައި ވެއެވެ. މިސާލަކަށް ބޭސިކް ޕެކޭޖުގައި، ހިޔާ ފްލެޓެއްގައި ހުންނަ އެއާކޮންޑިޝަންތަކަށް ޖުމްލަ 18,000 ރުފިޔާއާ ހަމައަށް ކަވަރޭޖު ލިބޭ އިރު، އެންމެ މަތީ ގިންތި ކަމުގައިވާ ޕްރީމިއަމް ގައި އެއަށް 33,000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

މިހާ ބޮޑެތި އަދަދުން ކަވަރޭޖު ކަނޑައެޅިފައި މިވަނީ އަހަރަކު ވަރަށް ކުޑަ ކޮންޓްރިބިއުޝަނެއް ދައްކާ ގޮތަށެވެ. އެގޮތުން "ބޭސިކް" ނަމަ 200 ރުފިޔާ، "އެކްސެލް" ނަމަ 300 ރުފިޔާ އަދި "ޕްރީމިއަމް" ނަމަ 400 ރުފިޔާއެވެ.

ބޮޑު މާލީ ރައްކާތެރިކަމެއް ޖީބަށް ލުއި ގޮތަކަށް ލިބުމުގެ އިތުރުން "އަހަރެންގެ ހިޔާ"ގެ ޕްލޭނެއް ބައްލަވައިގަތުމަކީ ވެސް ވަރަށް ފަސޭހަ ކަމެކެވެ. އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ކުޑަ ވަގުތުކޮޅަކުން ފުރިހަމަކޮށްލެވޭ ކަމެކެވެ.

"އަހަރެންގެ ހިޔާ" ޕެކޭޖެއް ބައްލަވައިގަންނަވާނެ ގޮތް

އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލްއަށް ގޮސް، އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްގެ ދަށުގައިވާ "އަހަރެންގެ ހިޔާ" ޕްރޮޑަކްޓަށް ފިއްތާލެއްވުމުން، އެ ޕްރޮޑަކްޓުގެ ދަށުން ހުށަހަޅާ ތިން ގިންތީގެ ޕްލޭނުތައް ފެނިވަޑައިގަންނަވާނެއެވެ. އޭގެ ތެރެއިން ތިމާގެ ހިޔާ ފްލެޓުގައި ހުރި މުދަލުގެ އަދަދާއި ޖުމްލަ އަގަށް ބެލުމަށް ފަހު އެންމެ އެކަށީގެންވަނީ ކޮން ގިންތިއެއްކަން ކަނޑައަޅުއްވާށެވެ.

އެއަށް ފަހު ޕްރޮޑަކްޓް ޕޭޖުގެ އެންމެ މަތީގައި އިން "ގެޓް އަ ނިއު ސެޓިފިކޭޓް"އަށް ފިއްތަވާލައްވައިގެން، އެންމެ އެކަށީގެންވާ "އަހަރެންގެ ހިޔާ" ޕްލޭނުގެ ގިންތިއެއް ސިލެކްޓް ކޮށްލައްވާށެވެ. އަދި އެއަށްފަހު ތިމާ ދިރިއުޅުއްވާ ހިޔާ ފްލެޓުގެ ނަންބަރާއި އޯނަރުގެ މައުލޫމާތުތައް ފުރުއްވުމަށް ފަހު ސަބްމިޓް ކުރައްވާށެވެ.

ހަމަ ހަގީގަތުގައި ވެސް އަހަރެންގެ ހިޔާ ފްލެޓަށް "އަހަރެންގެ ހިޔާ"ގެ ރައްކާތެރިކަން ހޯދާލުމަކީ ޖީބަށާއި ޖާނަށް ވެސް ލުއި ކަމެކެވެ. އަދި މިއީ ހިޔާ ފްލެޓުގައި ދިރިއުޅުއްވާ ފަރާތްތަކުގެ މުދަލަށް ލިބޭނެ އެންމެ އެކަށޭނަ ޕްލޭންކަމަށް އިތުބާރު ކުރައްވާށެވެ. މިއީ ހަގީގީ ހަމަޖެހުމާއެކު ހިޔާ ފްލެޓުގައި ދިރިއުޅުމުގެ ފެށުމެވެ.

"އަހަރެންގެ ހިޔާ" ޕްލޭނާ ބެހޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް އެދިވަޑައިގަންނަވާ ނަމަ އެލައިޑް އިންޝުއަރަންސްގެ 24 ގަޑިއިރުގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުއްވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން