ގެއްލިގެން ހޯދަމުން ދިޔަ ކުޑަހުވަދޫ ޢަލީ ޢާތިފް ފެއްނިއްޖެއެވެ.
މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޢަލީ ޢާތިފް ސާފީގެ ޚަބަރެއް ނުވާތީ އޭނާގެ އާއިލާގެ ފަރާތުން އެ މައްސަލަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މިކަން ހިނގާފައިވާ ވޮތުގެ އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ. މިކަމާއި ގުޅިގެން ފުލުހުން ހަމައެކަނި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ (30އ) ފެނިފައިވަނީ މާލެއިން ކަމަށެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މިގޮތަށް މީހުން ގެއްލިގެން ހޯދަން އިއުލާނު ކުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިގޮތަށް ގެއްލޭމީހުން ހޯދަން ފުލުހުން އާންމުކޮށް އިއުލާނުކޮށް މީޑިއަތަކުން ރިޕޯޓް ކުރާތާ މާގިނައިރުތަކެއް ނުވެ ގެއްލޭމީހުން ފެންނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު